އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއްގައި ނަޝީދާއި އަސްލަމް.---ފޮޓޯ: މިހާރު
ހަބަރު
08 Jun 2023 | 13:09
އިތުބާރެއް ނެތި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން: އަސްލަމް

އިތުބާރެއް ނެތި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީގެ ލިޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަަވަމުންނެވެ.

އަސްލަމް ވިދާޅުވީ ބޭފުޅެެއްގެ އިތުބާރު ނެތް ކަމަށް އެހާބޮޑު އަޤްލަބިއްޔަތަކުން ހުށައެޅުނީމަ އަސްލުގައި އިތުބާރެއް ނުއޮންނާނެ ކަމަށެވެ. އެހެންވީމަ އިތުބާރެއް ނެތި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ޢާންމު އުސޫލުން މިވީ ހިސާބަށް ޢަމަލުކުރެވެމުންދާ ގޮތައް ބަލާއިރު، އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ބޭފުޅަކާއި މެދުގައި ކުރިމަތި ވެއްޖެ ކަމުގައި ވަނީ ނަމަ އެބޭފުޅަކު ރިޔާސަތަކު ނުއެއް އިންނަވާނެ" އަސްލަމް ވިދާޅުވެފައިވެއެވެ.

އަސްލަމް ވިދާޅުވީ އެބޭފުޅާ ގަބޫލުފުޅު ކުރައްވާ ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައި ވާއިރު، އަންނަ ހޯމަ ދުވަހު އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނުވާނެ ކަމަށެވެ.

އަދި އިތުބާރު ނެތް ކަމަށް ހުށައެޅުނީމަ މަޖިލީހުގެ ރިޔާސަތުގަ މަޖިލީހުގެ ނައިބު ރައީސްވެސް އިންނަވައިގެން ނުވާނެ ކަމަށް އަސްލަމް ވިދާލުވިއެވެ.

"އެއީ މިހިސާބަށްވެސް މަޖިލީހުގަ ޢަމަލު ކުރެވެމުން ދާގޮތަކީ" އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު އުންމީދު ކުރަނީ ހޯމަދުވަހު ދެން މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ ރިޔާަސަތު ކަނޑައެޅިގެން ދާއިރު ވީހާވެސް އަވަހަކަށް ކޮމިޓީތަކަށް މިގެނެވެން ޖެހޭ ބަދަލުތައް ގެނެވިގެން ދާނެ ކަމަށް" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުޙައްމަދު ނަޝީދު އަދި އީވާ އަބްދުالله މިހާރު ތިއްބަވައިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 ސޮޔާއި އެކު މަޖިލީހުގެ އިދާރާއަށް ހުށައެޅީ އިއްޔެއެވެ. މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅައި ފައިވަނީ މެއި މަހުގެ 23 ވަަނަ ދުވަހު 50 ސޮޔާއި އެކުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ