މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
10 Jun 2023 | 18:21
މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގައެއްނުދޭ: ޝަރީފް

ރައްޔިތުންގެ މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގަނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއެްޖެއެވެ.

ޝަރީފްް މިހެން ވިދާޅުވީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

"މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގައެއްނުދޭ، ރައީސް މުޙައްމަދު ނަޝީދު މަޖިލިސް ހިސޯރުކޮށްފައިވަނީ ޤަވާއިދާއި ކަނޑައެޅިގެން ޚިލާފަށް، މިއީ ކުޑަ ކަމެއްނޫން، މިއީ ރައީސް ނަޝީދު ހިންގަވާ ބޮޑު ޖަރީމާއެެއް" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވަނީ މަޖިލީހުގެ މުޤައްރިރު ރައީސް ނަޝީދު މަޖިލީހުގެ ހައިބަތު ނަންގަވައިލައްވައިފި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ތާރިޚުގައި ކަޅު އަކުރުން ލިޔެވޭނެ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުފައިވެެއެވެ.

"މަޖިލީހާއި ކޮމިޓީތައް، އަމިއްލަ އަށް އުފައްދާ ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުމަށް ވަނީ އިދާރީ މުވައްޒިފުން ބޭނުންކޮށްގެން ހައިޖެކް ކޮށްފައި" ޝަރީފް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހުގެ 54 މެމްބަރަކު ސޮއިކޮށް އިތުބާރުނެތް ކަމުގެ މައްސަލަވަނީ ހުށައަޅައިފައެވެ.

ފާއިތުވި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ވަނީ ހޫނުވެ ކުރިއަށް ނުގެންދެވިގެންވަނީ ހުއްޓާލައިފައެވެ. ނިޒާމީ މައްސަލަތައް ނެގުން އިތުރުވެ މަޖިލިސް ވަރަށް ބޮޑަށް މަޖިލިސް ހޫނުވެގެންނެވެ. އަދި ބުދަ ދުވަހު މަޖިލީހުގައި އެއެްެވެސް މަސައްކަތެއް ނުކޮށް ވަނީ ހުއްޓާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ