ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ހަބަރު
12 Jun 2023 | 04:42
ރައްޔިތުންގެ މަޖިލީހިގެ ގަދަރާއި އިއްޒަތަށް އަރައި ނުގަތުމަށް ނަޝީދު އިލްތިމާސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހިގެ ގަދަރާއި އިއްޒަތަށް އަރައި ނުގަތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އާއްމުކުރެއްވި ނޫސްބަޔާނުގައި ބުނީ، ގާނޫނުއަސާސީގެ ދަށުން ގާނޫނު ހެދުމުގެ ބާރުތތައް މަޖިލީހަށް ލިބިގެންވާ ކަމަށާއި ގާނޫނު ހެދުމުގެ ބާރުތަކުގެ ތެރޭގައި ގިނަ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް މަޖިލީހަށް މަތިކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ޖަލްސާތަކާ ބެހޭ އެންމެހާ ކަންކަމާއި އިދާރީ ކަންކަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައި ވާނެކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމަށްޓަކައި، ގާނޫނާއި މަޖިލީހުގެ ގަވާއިދަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ރިއާޔަތް ކުރާއިރު، އަމީންއާމާއި ކައުންސިލް ޖެނެރަލްއަށް ދީފައިވާ މުސްތަގިއްލުކަން ފާހަގަ ވާނެ ކަމަށް ނަޝީދުގެ ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ 'ޤަދަރާއި ޝަރަފް' އަމީން ޢާއްމު ހިފަހައްޓަންޖެހޭ، އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ހާއްސަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އެބަވެއެވެ. ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތުގައެވެ." ބަޔާނުގައި ވެއެވެ.

މި ވަގުތަކީ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ވަގުތެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއްގައި ކަން ކުރަންވީގޮތް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.

އަދި އެގޮތްތައް މަޖިލިސް މެމްބަރުންނަށް ބުނެދިނުމުގައި 'ގާނޫނީ ލަފަޔާއި ގާނޫނީ އެހީތެރިކަން' ފޯރުކޮށްދެވެން އޮތީ ހަމައެކަނި މަޖިލީހުގެ ކައުންސިލް ޖެނެރަލްއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ގާނޫނު މާނަކުރުމުގެ ގާނޫނީ އެހީތެރިކަން ހޯދެން އޮތީ މަޖިލިސް ކައުންސިލް ޖެނެރަލްގެ ފަރާތުންކަން ނަޝީދުގެ ބަޔާނުގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ، ގާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެވެސް އަދި މަޖިލީހުގެ އެންމެ މެމްބަރުންގެވެސް ޒިންމާއެއް ކަމަށެވެ. އަދި މަޖިލީހުގެ އަމީންއާއްމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ