އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ މަޖިލިސް
ހަބަރު
12 Jun 2023 | 18:22
"ރައީސް ނަޝީދު ޕާޓީން ވަކިކުރުމާއި މެދު އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ވިސްނަމުން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ވަކިކުރައްވަން، އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވިސްނަވަމުންދާ ކަމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން ހާމަކޮށްފިއެވެ. 

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޕާލަމެންޓްރީ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު (މޯޑު) ވިދާޅުވީ، މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ތައް ކުރިއަށް ގެންދިޔުމާއި ގުޅިގެން މަޖިލީހުގެ އިދާރާއާއި މިއަދުވެސް ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަންގަވައިގެން ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އިދާރާއިން މައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި މީގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށް، އަމީން އާންމު ރައީސް ނަޝީދު އަރިހުން އެދިލެއްވުމުން އެކަން އެޖެންޑާ ކުރުމަށް ހުއްދަ ނުދެއްވީވެސް ރައީސް ނަޝީދު ކަމަށް އަމީން އާންމު ވިދާޅުވެފައިވާ ކަމަށް މޯޑު ވިދާޅުވި އެވެ. އެހެންކަމުން މަޖިލިސް ހުއްޓުވާފައި ވަނީ ސީދާ ރައީސް ނަޝީދު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން، ކިނބިދޫ ދާިއރާގެ މެމްބަރު މުހައްމަދު ނާޝިޒު އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިދާޅުވީ 17 ވަނަ ދައުރުގައި މަސައްކަތް ކޮށް، 18 ވަނަ ދައުރު ގާތުން ބަލައި އަދި 19 ވަނަ ދައުރުގައި މަސައްކަތް ކުރާއިރު މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ ކޮންޓްރޯލް ނެންގެވިތަން ފެނިފައި ނުވާކަމަށެވެ. ނަމަވެސް އެކަން މިހާރު ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންމަ މިހާ އަންޑިމޮކްރެޓިކްކޮށް ކަންކަން ކުރައްވައި، އަމިއްލަފުޅަށް އެބަ ވިދާޅުވޭ ތިމަންނާއަކީ ޑިމޮކްރަސީގެ ބައްޕައޭ. އަޅުގަނޑު ހިތަށް އަރާ މީ ކޮންކަހަލަ ބަފައެއް ބާއޭ" ރައީސް ނަޝީދަށް އަމާޒު ކުރައްވައި ނާޝިޒު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެހެން މެންބަރުންވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ނުރުހުން އަމާޒު ކުރައްވާފައިވާއިރު، އެމަނިކުފާނާއި މެދު، އެފަދަ ގިނަ ޝަކުވާތަކެއް މެންބަރުންގެ ހުރި އިރު، އެމްޑީޕީން ވަކިކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ނޫސްވެރިއެއް ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މޯޑު ވަނީ، އެކަން ނިންމަވާނީ އެމްޑީޕީ ޕީޖީން ނޫން ކަމަށް ވިދާޅުވެފައެވެ. 

މޯޑުގެ އެ ޖަވާބާއި ގުޅިގެން ނޫސްވެރިޔާ ވަނީ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަކިކުރައްވަންވެސް އެމްޑީޕީ ޕީޖީން ނިންމައި އެކަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅުއްވީ އޭނާ ޕާޓީގެ ގަވާއިދާ ޚިލާފް ވާކަމަށް ވިދާޅުވެ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރައީސް ނަޝީދުވެސް ޕާޓީގެ ކަންކަމަށް ހުރަސް އަޅުއްވައި، ގަވާއިދާ ޚިލާފަށް މަޖިލިސް ހިންގަވާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު އެމަނިކުފާނު ޕާޓީން ވަކިކުރުމަށް ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުގެ ވިސްނުން ގެން ގުޅުއްވާތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބު ދެއްވަމުން މޯޑު ވިދާޅުވީ ނަޝީދު ޕާޓީން ވަކިކުރުމުގެ ވިސްނުން ބައެއް މެންބަރުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އެކަމަށް މަޝްވަރާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެވިސްނުން އެބަހުރި އަޅުގަނޑުމެންގެ. ބައެއް މެންބަރުންގެ އެބަހުރި. އެހެން ނަމަވެސް، އެކަމުގެ ގޮތެއް ނިންމޭނީ އަޅުގަނޑުމެންނަށް ޕީޖީ ގުރޫޕަށް ގޮސް، ޖުމުލަ އަގުލަބިއްޔަތު ލިބިގެން. އަދި މިހާތަނަކަށް ނެތް އެކަހަލަ އެއްވެސް މަޝްވަރާއެއް ކުރެވިފައެއް. 

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު (މޯޑު)

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ