މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)--ފޮޓޯ/މަޖިލިސް
ހަބަރު
13 Jun 2023 | 13:12
ފުއްގިރި ޚިޔާނަތް އެސީސީގެ ސަމާލުކަމަށް ގެނެސް، ބަޔާންވެސް ދިނިން: އިބްރާހީމް

ފުއްގިރި ޚިޔާނާތުގެ ފައިސާއާއި ގުޅޭ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސް، ބަޔާންދެއްވާފައި ވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހަމަޖައްސައިދިން އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާ ފުރަތަމަ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި މެންބަރު އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ބޮންޑެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށްވެސް އަދީބު ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން ބޮންޑޭ ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކޮރޮސްޗެކް ) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެންނެވީ އޭނާ ކަމަށެވެ. އަދި އެ މައްސަލާގައި ބަޔާންވެސް ދެއްވި ކަމަށް ވިދާޅުވި އެވެ.  

"މިވަގުތު ސަރީއަތުގަައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެއްކެކެވެ. އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ޔަގީންކޮށްދިނުމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް އޭސީސީ މެދުވެރިކޮށް ސިޓީއެއްވެސް ވާނީ ހަވާލުކޮށްފައެވެ. އެއީވެސް ކިތާބީ ހެއްކެކެވެެ." ފުއްގިރި މައްސަލާގައި އޭނާގެ ބައިވެރިވުން ނެތް ކަން ހާމަކުރައްވައި ބޮންޑެ ވިދާޅުވި އެވެ. 

މީގެ އިތުރުން ބޮންޑެ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާކަން ރައްޔިތުންނަށް ތިލަކޮށްދިނުމަށްޓަކައި ހަމަ އެދުވަސްވަރު މީޑިއާތަކުގައި ވެސް އެކިފަހަރު މަތީން ތަކުރާރުކޮށް އެ ވާހަކަތަައް ދައްކަވާފައި ވާނެ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

އެހެން ކަމުން އޭނާ އާއި ގުޅުވައިގެން އަދީބު ހެއްދެވީ އިތުރުފުޅެއް ކަމަށާ އެކަން، އަދީބު ދޮގު ހެކި ދެއްވިކަން ކޯޓަށް އަންގަވާނެ ކަމަށް ބޮންޑެ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.