މެންބަރު މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
14 Jun 2023 | 13:22
މުސާރަ ހަލާލުކުރަން މި އަންނަނީ؛ އެކަމު މިތަނަށް ވަންނަންވެސް މިހާރު ލަދުގަނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވަނީ ލިބޭ މުސާރަ އަކީ ހަލާލު އެއްޗެއް ގޮތުގައި ހައްދަވަން ކަމަށާ، އެހެންނަމަވެސް، މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގަމުންދާ ގޮތުން މަޖިލީހަށް ވަންނަންވެސް ލަދުގަންނަވާ ކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަަމަ އޮތީ، ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ކުންފުނިތަކާއި އެ ކުންފުނިތަކަށް ދޫކުރި ފައިސާގެ އަދަދު ހާމަކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅާފައިވާ ކުއްލި މައްސަލަ ހުށަހެޅުމެވެ. އެއަށްފަހު ވޯޓަށް އައްސަވައި އެޖެންޑާގައިވާ ގޮތުގެ މަތިން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމެވެ. 

ޝަރީފު، އެ މައްސަލަ ހުށަހަޅަން ފެށުމާއި އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ ގޮޑިން ތެދުވެ އަޑު ގަދަކުރައްވަން ފަށާފައެވެ. އެގޮތުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީޢަތް ކުރިއަށްދާ ގޮތާއި މެދު ނުރުހުން ފާޅުކުރައްވައި އަޑު ގަދަ ކުރައްވަން ފަށްޓަވާފައެވެ. 

އެއަށްފަހު ޖަލްސާގެ އެޖެންޑާ އާއި މެދު ނުރުހުން ފާޅުކުރައްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވެސް ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވަން ފަށްޓަވާފައެވެ. 

އެއާއެކު މަޖިލިސް ހޫނުވެ، މަޖިލީހުގެ ތެރޭގައި "ޗޯރޭ" އާއި "ޗޯރު އިބުރޭ" އޭ ގޮވާ އަޑު ވަނީ ގަދަވެގެން ގޮސްފައެވެ. އަދި ގަވާއިދާ ޚިލާފަށް މަޖިލިސް ހިންގާކަމަށް ބުނެވެސް އަމިއްލަ މެންބަރުންތައް ދިޔައީ އަޑުގަދަ ކުރައްވަމުންނެވެ. އެގޮތުގައި މަޖިލިސް ހޫނުވެ، އެއް މެންބަރަކު އަނެއް މެންބަރާއި ދިމާއަށް އަވަގުރާނަ ގޮވައި ގަޔަށް ބޮލަށް އަރާ ހިސާބަށް ގޮސް މަޖިލިސް ފުރަތަަމަ ފަހަރަށް މެދުކަނޑާލިއެވެ. 

އެއަށްފަހު އަލުން މަޖިލިސް ފަށައިވެސް، ނިޒާމީ ނުކުތާތައް ނަންގަވައި، މެންބަރުން ގޮނޑިން ތެދުވެ އަޑުގަދަ ކުރަން ފެށުމުން މަޖިލިސް ވަނީ ހޫނުވެގެން ގޮސްފައެވެ. 

އެއާއެކު މޮސްޓާވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. 

އަޅުގަނޑުމެން އަންނަނީ މުސާރަ ހަލާލު ކުރަންވެގެން. ދެން މި ކުރިއަށް ދަނީކީ ނޫން. ދެން މިހާރު ޒާތީ ޒުވާބެއްގައި. ލަދުންވެސް ބޯ ހަލާކު މިތަނަށް ވަދެވޭތީވެސް. ކޮންމެސް ހައްލެއް ހޯދައިދީ މިކަމަށް. 

މެންބަރު މުހައްމަދު ނަޝީދު 

އޭގެ ފަހުންވެސް މެންބަރުން އަޑުގަދަ ކުރުމާއި ގުޅިގެން ޖަލްސާވަނީ ނިޒާމް ގެއްލިގެން މެދު ކަނޑާލާފައެވެ.

އަދި މެދު ކަނޑާލުމަށްފަހު، އަލުން ފަށައިވެސް ކުރިއަށް ނުގެންދެވި، މުޅި މަޖިލީހުގައި "ޗޯރު އިބުރޭ" ގޮވާ އަޑު ގުގުމާލުމާއިއެކު، ޖަލްސާ ވަނީ މިއަދަށް ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.