ޕޯސްޓަރ-- އައިއޭސީ
ހަބަރު
14 Jun 2023 | 18:27
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު، ފަގީރުންނަށް ޞަދަޤާތް ކުރުމުގެ ފުރުސަތު

ބަރަކާތްތެރިވެގެންވާ ޛުލްހައްޖު މަހުގެ ފުރަތަމަ 10 ދުވަހު، ފަގީރުންނަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި އެވެ. 

ޢީދުގެ އުފަލުގައި އެންމެހާ ފަރާތްތައް ބައިވެރި ކުރުމުގެ މަގުސަދުގައި އައިއޭސީން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ކާލާނެ މަސްކޮޅެއް ލިބެންނެތް، ނިކަމެތިންނަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އައިއޭސީން ވަނީ ބުނެފަ އެވެ. 

އަދި އަގު ބޮޑު ވުމުގެ ސަބަބުން ޢީދުގައި އުޟުހިޔާ ކަތިލުމުގެ ކުޅަދާނަކަން ނެތް ފަރާތްތަކަށްވެސް، ކުޑަ ޚަރަދެއް ކޮށްލައިގެން ފަގީރުންނަށް ޞަދަގާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިއޭސީން ފާހަގަކުރެއެވެ. 

އެގޮތުން، ޞަދަޤާތް ކުރައްވަން ބޭނުންވާ ފަރާތްތަކުން، އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރެއްވުމުން އެކަން ކުރިއަށްދާނެ ކަމަށް އައިއޭސީން ބުނެއެވެ. 

ބީމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062740

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | Seasonal Projects

މި ޕްރޮޖެކްޓްގެ ދަށުން އެއްގަމު މަސް ކިލޯއަކަށް ނަގާ ރޭޓަކީ -/160 ރުފިޔާ ކަމަށްވެސް އައިއޭސީން ބުނެއެވެ. 

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް އެ ޖަަމިއްޔާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.