Advertisement

ސްޓެލްކޯއިން ރަސްދޫގައި 100 ޓަނުގެ އިތުރު އާރުއޯ ޕްލާންޓެއް ބަހައްޓައިފި

އާރުއޯ ޕްލާންޓް---ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން އއ. ރަސްދޫގައި 100 ޓަނުގެ އިތުރު އާރުއޯ ޕްލާންޓެއް ބަހައްޓައިފިއެވެ.

އެގޮތުން މި ޕްލާންޓް ބަލައްޓާފައިވަނީ އެރަށުގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ބުނެފައެވެ.

އަދި މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިގެން ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

މިއާއިއެކު ސްޓެލްކޯއިން ވަނީ މި ޕްލާންޓަކީ އެ ކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓްކަން ފާހަގަ ކޮށްފައެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުއްވި ސްޓެލްކޯގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އަދި އެ ކުންފުނިން އަލަށް އެފަދަ ކަމެއް ކޮށް، އެ ހޯއްދެވި ކާމިޔާބީއަށް އެމްޑީ ޝަރީފް ވަނީ އެ މުވައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައި ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް