ހުޅުމާލޭ ހުންނަ ރެހެންދި ސުކޫލު--ފޮޓޯ: އަވަސް
ހަބަރު
18 Jun 2023 | 10:02
ރެހެންދި ސުކޫލަށް "އޮޅިގެން" ދަރިވަރެއް ލައްވާ، ނަޞާރާދީނުގައި ދުޢާ ކުރާާގޮތް ކިޔައި ދެވިއްޖެ!

ރެހެންދި ސުކޫލަށް "އޮޅިގެން" އެ ސުކޫލުގެ ދަރިވަރެއް ލައްވާ ނަޞާރާދީނުގައި ދުޢާކުރުމުގައި ޢަމަލު ކުރާގޮތް ކިޔައި ދެވިއްޖެ އެވެ. 

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ، އެ ދަރިވަރު ދިޔައީ ފޮތެއް ބަލައިގެން އެ ފޮތުގައި ހުރި އެއްޗެހި ކިޔަމުންނެވެ. ރެހެންދި ސުކޫލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއީ އެ ސުކޫލާއި ރީޑިން ރޫމާއި ގުޅިގެން ހިންގި "ރީޑިންގ ޕުރޮގުރާމް"ގެ ތެރެއިން ވަހަކަ ފޮތްބަލައިގެން ކިޔުމުގެ ޕުރޮގުރާމެކެވެ. 

މިޕްރޮގްރާމްގެ ތެރެއިން އެ ދަރިވަރު ކިޔަމުން ދިޔަ ފޮތުގައި ވަނީ ދުއާ ކުރުމުގައި ނަޞާރާ ދީނުގެ ސޮލީބަށް އަމަލު ކުރުމަށް ކިޔައި ދީފައެވެ. 

އެގޮތުން، ދަރިވަރު ކިޔާފައި ވަނީ، "ކްރޮސް ޔުއަރ ހާޓް އެންޑް ޕްރޭ ޓު ހެވަން (ހިތުގައި ސަލީބު (ރަސްގެ) ފަވާލާފައި އުޑަށް/ސުވަރުގެއަށް އަޅުކަން ކުރޭ)" އެފަދައިންނެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ސުކޫލަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. 

އެގޮތުން، އެއީ މީހުންގެ ޅަ ދަރިން ހަލާކު ކުރުން ކަމަށާ، އެކަމެއް ކުރުވި މީހަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ. 

އަދި އެފަދަ ކަންކަން ކުރުވަނީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް އެއްބަޔަކު ތުހުމަތު ކޮށްފައިވާއިރު, އަނެއް ބަޔަކު ވަނީ އެކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި ރެހެންދި ސުކޫލުގެ މެނޭޖްމަންޓަށް އަމާޒުކޮށްފައެވެ. އެގޮތުން، އެސުކޫލުގެ މެނޭޖްމަންޓަކީ ލާ ދީނީ މެނޭޖްމަންޓެއް ކަމަށާ، އެ މެނޭޖްމަންޓް ބަދަލު ކުރާންޖެހޭ ކަމަށް ބުނެފައެވެ. 

އެފަދަ ގިނަ ފާޑުކިޔުންތަކެއް ރެހެންދި ސުކޫލަށް އަމާޒުވެފައިވަނިކޮށް އެ ސުކޫލުން ކުރި ޓުވީޓެއްގައި ވަނީ, އެއީ ރީޑިންގ ޕްރޮގްރާމްގެ ތެރެއިން ދަރިވަރެއް ފޮތެއް ކިޔަމުން ދިޔަ ވީޑިއޯ ކަމަށެވެ. އަދި އެ ރީޑިންގ ޕުރޮގުރަމުގެ ތެރެއިން ދުޢާކުރުމުގައި ނަޞާރާދީނުގައި އަމަލުކުރާގޮތަށް އަމަލު ކުރުމަށް ދަރިވަރުންނަށް ކިޔައިދީފައި ނުވާނެ ކަމަށް ބުނެފައެވެ.

ރެހެންދި ސުކޫލުން އެފަދައިން ބުނެފައިވާއިރު, އެފަދަ ފޮތްތައް ދަރިވަރުން ލައްވާ ކިޔުއްވާއިރު އޭގައި ހުރި އެއްޗެއް ނުބެލުމާއި، އެ ކިޔަމުން ދިޔައިރުވެސް ނުހުއްޓުވީތީ މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރީޑިންގ ޕްރޮގްރާމްގެ ތެރެއިން ނަމަވެސް އެފަދައިން ކިޔައި ނުދެވޭ ކަމަށް ނުވާނެ ކަމަށްވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
އިއްބެ
ހައިރާން ހަމަވޭ!! "އައިއޭމް ބަބީގާލް ،ކިސްމީ އެވްރީވެއާ" މިހެން ކިޔާ ލަވަޖަހާ ކުދިން ނަށުވާފަ އަދި ދޮނލަގު ހިފައިގެން ގޮސް ކާށި ބިމަށްޖަހާ މައްސަލައަކަށް ނުވޭ!!
18 Jun 2023
މ އނ ޒ
ކޮބާ މިގައުމުގައިހުރި އިސްލާމީ މިނިސްޓަރ މިދެނީ ނުބައި ސިގުނަލެއްނޫންބާ ކޮބާތަ އަމިއް ލައަން ދީނީއިލްމުވެރިންގެ ތާކިހާ އަޅައިގެން އުޅޭމީހުން
18 Jun 2023
މުޖުތާޒު
އޮޅިގެންއެފަދަކަމެއްނުކުރާނެ އެއީ މިއުޅޭ އަންޑިޔާ މީހުން ލައްވާ ކުރުވުކަމަކައްވާނީ
18 Jun 2023
އަޙްމަދް
ފާޅުގަ ލާދީނީފެށީދޯ ޖިހާދުކޮށް މަރުވެގެން ވެސް މިގައުން ތިބައިގަޑު ފޮހެލާނަން
18 Jun 2023
ހާއުފާ
ތިޔަފަދަ ކަންކަމަކީ އޮޅިގެން ނޭގިގެން ކުރާ ކަންކަމެއް ނޫން. ތިޔައީ އިސްލާމް ދީނާ ދެކޮޅަށް ރޭވިފައިވާ ބޮޑު ޙަރަކާތެއްގެ ތެރެއިން ރޭވި ގެތިގެން ހިނގާ ކަންކަން. އޮޅުވާނުލާށެވެ.
18 Jun 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.