ހޫނުން ސަލާމަތް ވުމަށް ފޮތިން ބޯނިވާކުރަނީ. އިންޑިޔާ/ލަކްނައު
ދުނިޔެ
18 Jun 2023 | 15:17
ގަދަ ހޫނުގެ ސަބަބުން އިންޑިޔާގައި 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިޔާގެ އުއްތަރް ޕްރަދޭޝްގައި ހޫނު ގަދަވުމުގެ ސަބަބުން ފާއިތުވި ދެތިންދުވަސް ތެރޭ 34 މީހަކު މަރުވެފައިވާކަމަށް އިންޑިޔާގެ އޮފިޝަލުން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިންޑިޔާގެ އުތުރުގައި އޮންނަ އުއްތަރް ޕްރަދޭޝްގައި ގަދަ ހޫނުގެ ސަބަބުން 34 މީހަކު މަރުވެފައި ވާކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފައިވާކަމަށެވެ.

އުއްތަރް ޕްރަދޭޝްގައި ދިރިއުޅޭ 60 އަހަރުން މަތީގެ މީހުންނަށް ދުވާލުގެ ވަގުތުތަކުގައި ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ޑޮކްޓަރުން ވަނި ލަފާދީފައެވެ.

ގަދަ ހޫނުގެ ސަބަބުން މަރުވި 34 މީހުންނަކީ ވެސް އެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ 60 އަހަރުން މަތީގެ މީހުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި އެމީހުން މަރުވި ކަމަށް، ކަމާއި ބެހޭ ފަރާތްތަކުން ލަފާކޮށްފައިވަނީ ގަދަ ހޫނުގެ ސަބަބުން އެމީހުން ތަހައްމަލް ކުރަމުންދިޔަ ބަލި ބޮޑުވުމެވެ.

އުއްތަރް ޕްރަދޭޝްގެ  ވެރިކަންކުރާ ލަކްނައުގެ އިރުދެކުނުން 300 ކިލޯ މީޓަރު ދުރުގައި އޮންނަ ބަލިއާ ކިޔާ ޑިސްޓްރިކް އަކުން މަރުވި މި 34 މީހުން ގެ މަރާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބަލިއާގެ ޗީފް މެޑިކަލް އޮފިސަރ ޖަޔަންތް ކުމާރް ބުނެފައިވަނީ ބުރާސްފަތި ދުވަހު 23 މީހެއް މަރުވެގެން ރިޕޯޓް ކޮށްފައި ވާކަމަށާއި ހުކުރު ދުވަހު އިތުރު 11 މީހަކު މަރުވެފައި ވާކަމަށެވެ.

"އޭގެ ކޮންމެ މީހަކީވެސް ކޮންމެވެސް ބައްޔެއް ހުރި މީހެއް، ގަދަ ހޫނުގެ ސަބަބުން ބަލި ހާލަތު އިތުރަށް ގޯސްވީ" ޖަޔަންތް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އެއްބަޔަކު ހާޓް އެޓޭކް ޖެހިގެން މަރުވި އިރު އަނެއް ބަޔަކު ސިކުނޑިއަށް ސްޓްރޯކް ޖެހިގެން މަރުވި ކަމަށެވެ. އަދި އެއްބަޔަކު ބޭރަށް ހިންގުންޖެހިގެން މަރުވެފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިއަހަރުގެ އޭޕްރީލް މަހުވެސް ހޫނުގަދަވެގެން އިންޑިޔާގެ ވެރިކަންކުރާ މުމްބާއީ އިން 13 މީހަކު މަރުވެފައިވެއެވެ. އަދި މުމްބާއީގެ ސްކޫލްތައް ވެސް އެއް ހަފްތާއަށް ބަންދުކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.