ހަވާ އަރުވަނީ-- ފޮޓޯ/ އިންޓަރނެޓް
ހަބަރު
18 Jun 2023 | 20:40
މަހިބަދޫ ކައުންސިލުން އަޟުހާ ޢީދު ފާހަގަކުރުމަށް ހަވާ އަރުވަނީ!

އދ. މަހިބަދޫ ކައުންސިލުން އެ ރަށުގައި އަޟުހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހަވާއެރުވުމަށް ނިންމައިފިއެވެ. 

މަހިބަދޫ ކައުންސިލްގެ ކައުންސިލަރ ޝައުފާ އާދަމް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ޢީދު ވިލޭރޭ 10:00 ގައި ކަމަށެވެ. އަދި ހަވާ އަރުވަނީ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކުކަން ފާހަގަ ކުރައްވައި ޝައުފާ ވަނީ އެފަރާތަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ހަވާ އެރުވުމުގެ އިތުރުންވެސް، އެ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ޢީދު އުފަލުގައި ދެ ޖިންސުގެ މީހުންނަށް ޚާއްސަކޮށްގެން އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝައުފާ ފާހަގަކުރެއްވިއެވެ. 

އެގޮތުން އަންހެނުންނަށް ޚާއްސަ ކޮށްގެން ވާދެމުގެ މުބާރާތަކާއި، "ވަންޑޭ ފައިގަތަޅާ" މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފިރިހެނުންނަށް ޚާއްސަކޮށްގެން ވެޓަރަންސް ފުޓްބޯޅަ މުބާރާތެއް ބޭއްްވުމަށް ހަމަޖެހިފައިވާ ކަމަށް ޝައުފާ ވިދާޅުވި އެވެ. 

ޢީދު އުފަލުގައި ބޭއްވޭ މި ތިން މުބާރާތުންވެސް ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. 

އަޟުހާ ޢީދު ކުލަގަދަކޮށް މަހިބަދޫގައި ފާހަގަކުރުމުގެ ތައްޔާރީތައް އެރަށުން ވާން ފަށާފައިވާއިރު, ދާދިފަހުންވަނީ، ކައުންސިލްއިން އިންތިޒާމް ކޮށްގެން ރަށް ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއްވެސް ހިންގާފައެވެ. އަދި ޢީދަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރި މާހައުލެއް ގާއިމް ކޮށްދިނުމަށް އެނޫންވެސް ގިނަ މަސައްކަތްތަކެއް އެ ރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.