މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
19 Jun 2023 | 18:40
އެމްޑީޕީގައި މަޑުކޮށްގެން މި ހުންނަނީ އެމްޑީޕީ އަތުލަން، އެއީ ނިޔަތަކީ: ނަޝީދު

އެމްޑީޕީގެ ރައީސްގެ މަޤާމުގައި ވެސް ހުންނަވަނިކޮށް، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަކިކުރުމަށް އަމިއްލަފުޅު ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ހުށައަޅާފައިވާއިރު، ޕާޓީން ވަކިވެ ވަޑައިނުގަންނަވާ ހުންނަވާ ސަބަބު ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ. 

ނަޝީދު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މަޖިލީސް ނުހުއްޓި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތާއި ގުޅިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ. 

މި ބައްދަލުމުގައި ނޫސްވެރިން ވަނީ ރައީސް ނަޝީދުގެ ލަފާފުޅާއި އެއްގޮތަށް އެމްޑީޕީން ވަކިވި އެމަނިކުފާނަށް ވަފާތެރި މެމްބަރުންތަކެއް "ދަ ޑިމޮކްރެޓްސް" ގެ ގޮތުގައި ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންދާއިރު، އަދި އެމްޑީޕީއަކީ މިއަދި ޚުދު ނަޝީދު ޤަބޫލުކުރައްވާ މިސްރާބަށް ދަތުރުކުރާ ޕާޓީއަކަށް ނުވާއިރު، އެމްޑީޕީގައި މަޑުކުރައްވަނީ ކޮން ސަބަބާއި ހުރެތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މިސްރާބު މިހާރު ހުރީ ގޯސްކޮށްކަން އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ. އަދި މި ހާލަތުގައި އެމްޑީޕީގައި މަޑުކުރެއްވުމަކީ ވެސް ނުހަނު ދަތިކަމެއް ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީން ބަޔަކު ނިކުމެ ދަ ޑިމޮކްރެޓްސް ކިޔާ ޕާޓީއެއް އުފައްދާ، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ކުރެވުމަކީ ނާދިރު ކަމެއް ކަމަށެވެ. 

ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޞާލިހު މިހާރު މުޅި ޕާޓީ ކޮންޓްރޯލު ކުރައްވަމުންދާ ދިއުމަށް ނިމުމެއް އަންނާނެ ކަމަށާއި، އެހިސާބުން އެމްޑީޕީގެ ކޮންޓްރޯލު އަލުން އަނބުރާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ދަތިތަކާއެކު ވެސް އެމްޑީޕީގައި މަޑުކުރައްވަނީ އެމްޑީޕީ އަލުން އަނބުރާ ހޯއްދެވުމަށްކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މިހާރު މިހުންނަނީ މި ޕާޓީ ޑިމޮކްރެޓްސްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގަ. އަޅުގަނޑު ދެންމެވެސް ދަންނަވައިފިން އެ މަސައްކަތް ހިނގާނެއޭ ސެޕްޓެމްބަރު ނުވައެއްގެ ފަހުން. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން އެގޮތަށް ހިންގާނަން"

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ގިނަ މެމްބަރުން ސޮއިކޮށްފައިވަނީ ރައީސް ޞާލިހު އެކިވަރުގެ ފިއްތުންތައް ކުރިމަތި ކުރުވައިގެންކަމަށް ގިނަ މެމްބަރުން އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ. 

ރައީސް ޞާލިހު މިއަދު ހުންނެވީ މަޖިލީހުގެ ކޮންޓްރޯލުވެސް ނަންގަވައިގެން ކަމަށާއި، މިއަދު ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކަންކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.