މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
19 Jun 2023 | 18:43
މަޖިލީހުގެ ރައީސްކަމުން މިވަގުތު އަޅުގަނޑު ދުރުވުމަކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މިވަގުތު ދުރުވުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ނަޝީދު ދުރުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފަ އެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށައަޅާފައި ވަނިކޮށެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއި ގުޅިގެން އޭނާ ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. 

މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށައެޅުމާއި ގުޅިގެން، މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އަދި މަޖިލީހުގައި ވަނީ "މަރު ތަޅު" އެޅުވިގެން ގޮސްފައެވެ. 

މިކަމާއި ގުޅޭގޮތުން ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ގިނަ މެމްބަރުންތަކެއް ސޮއިކޮށް މައްސަލައެއް ހުށައަޅާފައިވާއިރު އިސްތިއުފާ ނުދެއްވަނީ ކީއްވެތޯ އައްސަވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަން ޔަގީންވާނީ އެ މައްސަލައާއި ގުޅިގެން ވޯޓެއް ނެގުމުން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލު ކުރައްވާ ތަނަކަށް ވެފައި، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރި ގިނަ މެމްބަރުން ސޮއިކުރީ ޕްރެޝަރު އޮވެގެންކަމަށް އެ މެމްބަރުން ބުނަމުންދާއިރު، ހަޤީގަތުގައި އޭނާއާއި މެދު މެމްބަރުންގެ އިތުބާރު ނެތްކަމަށް އަދި ދެންނެވެން ވެސް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ މިވަގުތު އޭނާ މަޖިލީހުގެ ރައީސްކަމުން ދުރުވުމަކީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. 

"ސޮއިކޮށްފަ ތިބި ކިތަންމެ ބޭފުޅުންނެއް އެބަ އެކަމަށް އިންކާރުކުރައްވާ. ދެވަނަ ކަމަކަށް އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިރާއްޖޭގެ ކަންކަމުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މިވަގުތު އަޅުގަނޑު ދުރުވުމަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖެއަށް ރަނގަޅު ގޮތެއް ނޫން"

މަޖިލީހުގެ ރައީސް ނަޝީދު 

ނަޝީދު ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މި ވަގުތު ކޮންމެވެސް އެއްބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ އުސޫލުގެ ތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފަ އޮތީތީ އޭ ކިޔާ އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.