ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
19 Jun 2023 | 18:48
އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު މުރައިދޫ ގެއިން ނިކުންނާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މުޙައްމަދު ނަޝީދާއި ދެކޮޅަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު މަޖިލީހުގެ ރައީސް ހުންނަވަން ދައުލަތުން ހަމަޖައްސާދެއްވާފައިވާ މުރައިދޫ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ. 

އިތުބާރު ނެތްކަމުގެ މައްސަލަ ނަޝިދާއި ދެކޮޅަށް ހުށައެޅުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާކަމަށް ނަޝީދު އަންގަވާފައިވާއިރު، މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތައް ނެންގެވުމާއި ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އައްސަވާ މިއަދު ނަޝީދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހަކީ އެމަނިކުފާނު މަޖިލީހުގެ ރައީސަށް ދައުލަތުން ދެއްވާ އިނާޔަތްތައް ނެގުން ހުއްޓާލާނެ ދުވަސް ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު، އަޅުގަނޑު މުރައިދޫ ގެއިން ނިކުންނާނަން. އަޅުގަނޑު މުރައިދޫ ގޭގައި ހުރުން އެއީ އެއްގޮތަކަށް ވެސް ކުރާ ހިތްވާ ކަމެއް ނޫން"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ސަރުކާރުގެ ގެކޮޅަކުން ނިކުމެވަޑައިގަތަސް އެމަނިކުފާނަކީ މާލޭގައި އުޅޭނެ ބޯހިޔާވައްސެއް ނެތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް އެދެނީ ކެނެރީގެއަށް ބަދަލުވެވޭނެ ގޮތެއް ހަމަޖެހިގެން ދިއުންކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ސެކިއުރިޓީ ވެސް ވަނީ އެތައް ގުނައެއް ވަރުގަދަ ކުރެވިފައެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީއަށް އެކަނި މިލިއަނުން ދައުލަތުން ޚަރަދުކުރައްވަ އެވެ. 

ނަޝީދުގެ ސެކިއުރިޓީއަށް ސަރުކާރުން ކުރާ ޚަރަދު ބޮޑުކަން ފާހަގަކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުން ނެވެ. އެކަމަށް ވެސް ނަޝީދު ވަނީ ރައްދުދެއްވާފަ އެވެ. 

"ދެން އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެ ތޯ ނޫން ތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ މަރުވެފަ އޮންނާނީ ދެއްތޯ؟ މިހާރުވެސް ކިރިޔާ އަޅުގަނޑު މި ހުރީ"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 

ކޮމެންޓް
އޮބޫ
ޔެގީން ނުނުކުންނާނެ!
19 Jun 2023
ޗޯރގޯސް
ނުކެރޭނެ ނުކުންނާކަށް!!! ކުރާނަމޭ ބޫނާ ކަމެއް ނުކުރާނެ! ވަރަށް ފިނޑި މީހެއް! ރައީސުރައީސް
19 Jun 2023
ޣގގގގގގ
މުސާރަވެސް ނުނަގާތި😅
19 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.