އިޒްރާއިލް ސިފައިން ޖެނީން އަށް ހަމަލާދެމުން ދިޔަ ވަގުތު. ފޮޓޯ- ރޮއިޓާސް
ދުނިޔެ
19 Jun 2023 | 19:10
ޖެނީންގައި ދިން ހަމަލާތަކެއްގައި ކުޑަ ކުއްޖަކު ހިމެނޭހެން ފަސް މީހަކު ޝަހީދުވެއްޖެ

ފަލަސްޠީނުގެ ޖެނީންގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން ފަސް މީހަކު ޝަހީދުވެއްޖެއެވެ.

ފަލަސްޠީނުގެ ޖެނީންގައި ހުންނަ  ރެފިޔުޖީ ކޭމްޕެއްގައި ހިންގި މި ރެއިޑްގައި ފަސް މީހަކު ޝަހީދުވެފައިވާއިރު 62 މީހަކު މިހާތަނަށް ޒަހަމްވެފައިވެއެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ ޖެނީން ރެފިޔުޖީ ކޭމްޕުގައި ހިންގި ރެއިޑަކީ އިޒްރާއިލް ސިފައިންނަށް ހަމަލާދިން ހަތިޔާރު އެޅި ދެމީހަކު ހޯދުމަށް ކުރިއަށް ގެންދިޔަ ރެއިޑެއް ކަމަށެވެ. އަދި އެދެމީހުން ހޯދުމަށް ކުރި މަސައްކަތުގައި  ހެލިކޮޕްޓަރުގައި މަތިން ދުއްވަމުން ބަޑީގެ ހަމަލާތަކެއް ދިން ކަމަށް އިޒްރާއިލް ސިފައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަލާތައް ކުރިއަށް ދިޔަ ވަގުތު އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުންގެ ތެރެއިން 7 މީހަކު ޒަހަމްވެފައިވާކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިޒްރާއިލް ސިފައިން ޖެނީންއަށް ދެމުންދާ ހަމަލާތަކަކީ ޖެނީންގެ ރައްޔިތުންނަށް އެހަމަލާތަކަކީ ޖެނީންގެ ރައްޔިތުންނަށް ތަހައްމަލުކުރެވޭ ވަރުގެ ހަމަލާތަކެއް ނޫން ކަމަށެވެ.

"އެއީ އިޒްރާއިލް ސިފައިން ހިންގަމުންގެންދަނީ ވަރުގަދަ މިލިޓަރީ ހަނގުރާމައެއް، ފުރިހަމަ ހަތިޔާރާއި ބާރާއިއެކު ހިންގާ ވަރުގަދަ ހަމަލާއެއް، ޖެނީންގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް އެހިންގަނީ ފުރިހަމަ ހަނގުރާމައެއް، މި ވާހަކަ ދެކެވެނީ އަޕާޗޭ ހެލިކޮޕްޓަރާއި، އެފް-16 ފައިޓް ޖެޓާއި،، ހަތިޔާރުން ފުރިފައިހުރި ވެހިކަލްތަކާއި، ޢަދަދު ނުވެވޭވަރަށް ގަންޕައުޑަރު ގެންގުޅެމުންދަ މިލިޓަރީއެއްގެ ވާހަކަ، މި ހުރިހާ ތަކެއްޗާއި އެކު ހަނގުރާމަ ކުރަމުންދަނީ ޖެނީން ސިޓީ އާއި އެސިޓީގެ ރެފިޔުޖީ ކޭމްޕްގައި ދިރިއުޅެމުންދާ ޢާންމުންނާ" އޭނާގެ ވާހަކައިގައި ބުނެފައިވެއެވެ.

އޭނާގެ ވާހަކައިގައި ބުނެފައިވަނީ ޒަހަމްވެފައިވާ މީހުންގެ ތެރެއިން 10 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބުމުގެ އުންމީދު ވަރަށް ކުޑަކަމަށް އޭނާވަނީ ބުނެފައެވެ.   

އިޒްރާއިލް ސިފައިން ޖެނީން ރެފިޔުޖީ ކޭމްޕަށް ދެމުންދިޔަ ހަމަލާތައް ކަވަރުކުރަމުންދިޔަ ނޫސްވެރިންތަކެއްގެ ވަށަލައި އިޒްރާއިލް ސިފައިންވަނީ އެމީހުން ކުރިއަށްދާން އޮތް މަގުތައް ބަންދުކޮށްފައެވެ. އަދި އެމީހުން ބަންދުކޮށްފައި ތިބި ސަރަހައްދަށް ނޫސްވެރިންނަސް އަމާޒުވާހެން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ. ޒަހަމްތަކާއި އެކު އެމީހުންނަށް ވަނީ އެތަނުން ނުކުމެ ސަލާމަތް ވެވިފައެވެ.

އަދިވެސް އިޒްރާއިލް ސިފައިންގެ ހަމަލާތައް ހުއްޓާލައިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.