އެޓާނީ ޖެނެރަލް ރިއްފަތު/ ފޮޓޯ: އޭޖީ އޮފީސް
ހަބަރު
20 Jun 2023 | 10:04
ކޮމްޕޮސިޝަން ބަދަލުކުރަނީ: ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރަން ހުށައަޅައިފި

ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު 7 މެމްބަރުންނަށް މަދުކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅައިފި އެވެ. 

ޝަރުއީ ދާއިރާއަށް އޮންނަ ސިޔާސީ ނުފޫޒު ނައްތާލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ، އަދި މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވި ބޮޑު ވައުދެކެވެ. 

އަދި އެއީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައިވާއިރު، މިހާތަނަށް 9 ބިލެއް ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި ބަންޑާރަނައިބު މިހާރު މަޖިލީހަށް ހުށައަޅާފައިވާ ދެ ބިލާއެކު ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ. 

މިހާރު ޖޭއެސްސީ އެތުރިފައިވާ ގޮތަށް ބަލާއިރު ޖުމްލަ 10 ބޭފުޅުން އެ ކޮމިޝަނުގައި ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ؛

- ރައްޔިތުން މަޖިލީހުގެ ރައީސް

- ރައްޔިތުން މަޖިލީހުގެ މެމްބަރެއް

- ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއް

- އެޓަނީ ޖެނެރަލް

- ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް

- ސުޕްރީމްކޯޓުގެ ފަނޑިޔާރެއް

- ހައިކޯޓްގެ ފަނޑިޔާރެއް

- ދަށުކޯޓްތަކުން ފަނޑިޔާރެއް

- ޤާނޫނީ ވަކީލެއް

- އާއްމުގެ ތެރެއިން މީހެއް  

ޖޭއެސްސީ އިޞްލާހު ކުރެއްވުމަށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުގެ ކުރިން ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ޢާންމުންގެ ޚިޔާލުވެސް ހޯއްދަވާފައެވެ.

އެގޮތުން ގިނަ މީހުން ވަނީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ފެންނަކަމަށް ބުނެފައެވެ.

އެ ކޮމިޝަން ބަދަލުކުރަން ފެންނަކަމަށް ޢާންމުން ބުނެފައިވާ ސަބަބުގެ ތެރޭގައި ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުންކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.