ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
20 Jun 2023 | 10:51
މިއަދުގެ މަޖިލީހުގެ ޖަލްސާ ކެންސަލް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތި، މިއަދުގެ ޖަލްސާ އިންތިޒާމު ވެސް ނުކުރެވި، ކެންސަލްވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ކަނޑައަޅަންޖެހެނީ މަޖިލީހުގެ ރައީސް އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާފައި ނުވާތީ މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ ކެންސަލްވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވާތީ އެމަނިކުފާނު ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހައްދަވާފައެވެ.

އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އީވާވެސް ވަނީ އުޒުރުވެރިވެވަޑައިގަންނަވާފައެވެ. 

އެހެންކަމުން، މިއަދާއި ޖެހެންދެންވެސް ރިޔާސަތު ބަލަހައްޓަވަމުން ދިޔައީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފާއި ރިޔާސަތު ބެލެހެއްޓުން ހަވާލު ކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ އިއްޔެއަށް ވަނީ ޖެހިޖެހިގެން ތިން ދުވަސް ވެފައެވެ. އެހެންކަމުން އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަމުން އަންނަތާ ތިން ދުވަސް ވުމުން ދެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް އިއްޔެ ނަޝީދު ވަނީ ވިދާޅުވެފައެވެ. 

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެން ނަޝީދަށް ހަވާލު ކުރެވޭނެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ގާސިމް އިބްރާހިމް އެވެ. 

ނަމަވެސް ރައީސް ނަޝީދު އެއިން ބޭފުޅަކާއި ރިޔާސަތު ހަވާލު ކުރައްވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.