ފަލަސްޠީނުގެ ރައްޔިތަކު އިޒްރާއިލް ސިފައިންގެ މީހަކާ ކުރިމަތިލަނީ. ފޮޓޯ: އޭއެފްޕީ/2022
ދުނިޔެ
20 Jun 2023 | 12:55
ފަލަސްޠީނުގެ ބިމުގައި އިޒްރާއިލުން އަޅަމުންއަންނަ ގެތައް އެޅުން ހުއްޓާލުމަށް އޫއެން އިން އަންގައިފި

ފަލަސްޠީނުގެ ބިމަށް ގަދަކަމުން އަރައި ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޚިލާފަށް އެތަނުގައި އަޅަމުންއަންނަ ގެތައް އެޅުން ހުއްޓާލުމަށް ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓެރީ ޖެނެރަލް އަންޓޯނިއޯ ގުޓްރަސް ގޮވާލައިފިއެވެ.

އަންޓޯނިއޯ ގުޓްރަސް ގޮވާލައިފައިވަނީ އިޒްރާއިލުން ފަލަސްޠީނުގެ ބިމުގައި އެމީހުންގެ ޢާންމުން ދިރިއުޅުމަށް ބައިނަލް އަޤްވަމީ ޤާނޫނު ތަކާއި ޚިލާފަށް އަޅަމުންދާ ގެތައް އެޅުން ވަގުތުން ވަގުތައް ހުއްޓާލުމަށެވެ. އަދި އޭނަ ބުނެފައިވަނީ މިހާރު ފަލަސްޠީނުގައި ކުރިއަށްދާ ހަމަނުޖެހުން ތަކުގެ މައިގަނޑު ސަބަބަކީ އިޒްރާއިލުން ފަލަސްޠީނުގެ ބިން އެމީހުންގެ ބާރުގެދަށަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

"ސެކްރެޓަރީ ޖެނެރަލް ގޮވާލައިފައިވަނީ ބައިނަލްއަޤަވާމީ ޤާނޫނު ތަކާއި ޚިލާފަށް އިޒްރާއިލުން އަޅަމުން އަންނަ ގެތައް އެޅުން ހުއްޓައިލުމަށް" ސެކްރެޓަރީ ޖެނެރަލްގެ ސްޕޯކްސަޕާސަންއެއް ކަމަށްވަ ފަރްހާން ހައްޤް ބުނެފައިވެއެވެ.

އިތުރަށް ފަރުހާން ބުނެފައިވަނީ  އިޒްރާއިލުން މިހިންގާ ޢަމަލުތަކުގެ ސަބަބުން އިތުރު މައްސަލަތައް އުފެދި އިތުރަށް ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގެ މިންވަރު ދާނީ އިތުރުވެގެން ކަމަށާއި، އަދި އެފަދަ ކުށްތަކުގެ ސަބަބުން އިންސާނީ އެހީއަށް ޖެހޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

އިޒްރާއިލުން ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަށް ކުރަމުންދާ މިމަސައްކަތްތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ އެތައް ހައްޤެއް ގެއްލިގެން ދާނެކަމަށް އަންޓޯނިއޯ ދެކޭ ކަމަށް ފަރްހާން ބުނެފައިވެއެވެ. އެގޮތުން ފަލަސްޠީނުގެ ބިމާއި އެބިމުގެ ޤުދުރަތީ ވަޞީލަތްތަކާއި، އެމީހުންގެ އަމިއްލަ ބިމުގައި މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު އެމީހުންނަށް ގެއްލުން ފަދަ ކިތަންމެ ކަމެއް މިކަމުގެ ނަތީޖާއަކަށް ވެގެންދާނެ ކަމަށް އަންޓޯނިއޯ ދެކޭކަމަށް ފަރްހާންގެ ވާހަކައިގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ބިމުގައި އިޒްރާއިލްގެ މީސްތަކުން އާބާދު ކުރުމަށް އިޒްރާއިލްގެ ޔަހޫދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އެމީހުން ދަނީ ހުއްޓައިނުލައި ކުރަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ޤަވާއިދުތައް މިހާރު އެކުލަވައި ލައިފައިވާ ކަމަށް އިޒްރާއިލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.