ޝިހާބުއްދީން އިހްރާމްގައި. ފޮޓޯ: ޢަރަބް ނިއުސް
ދުނިޔެ
20 Jun 2023 | 16:01
މި މީހާ ޙައްޖުވުމަށް މައްކާއަށް ދިޔައީ ފައިމަގުގަައި 8000 ކިލޯމީޓަރު ހުރަސްކޮށް

އިންޑިޔާގެ ކެރެލާއަށް ނިސްބަތްވާ ޝިހާބުއްދީން ސައްޔިދު އަލާވީ ފައިމަގުގައި 8000 ކިލޯމީޓަރު ހުރަސްކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ހިނގައްޖެއެވެ.

ޝިހާބުއްދީން އޭނަގެ ހަޔާތުގައި ދެކެމުންދިޔަ އެންމެ ބޮޑު ހުވަފެން ކަމަށްވާ ފައިމަގުގައި ޙައްޖުއަޅުކަން އަދާކުރަން ޝިހާބުއްދީން 8640 ކިލޯމީޓަރު ފައިމަގުގައި ހުރަސްކޮށްފައިވެއެވެ.

ޝިހާބުއްދީން މައްކާއަށް ދިޔުމަށް ފެށި މި ދަތުރުގައި ފަސް ޤައުމެއް ހުރަސްކޮށްފައިވެއެވެ. އެގޮތުން އިންޑިޔާ، ޕާކިސްތާން، އިރާން، އިރާޤް އަދި ކުވައިތް ހުރަސްކޮށްފައިވެއެވެ. ޝިހާބުއްދީންގެ މި ދަތުރަށް އެއް އަހަރާއި 17 ދުވަސް ހޭދަ ކޮށްފައިވެއެވެ.

ޝިހާބުއްދީން ގެ މިދަތުރު ފަށައިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާއަށް މައްކާއަށް ދެވިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.  

"ކުވައިތާއި ސަޢުދީ ގުޅޭ ބޯޑަރު އަހަންނަށް ހުރަސް ކުރެވުނީ ރަމަޟާން މަހު، އަހަންނަށް އެވަގުތު ސަޖިދައަށް ތިރިވެވުނު، ސަޢުދީ ގެ ބިމުގެ ވެލީގައި އަހަންނަށް އަތްލެވުނު" ޝިހާބުއްދީން ޢަރަބް ނިއުސް އަށް ބުނެފައިވެއެވެ.

"ނަބިއްޔާގެ މިސްކިތަށް އަހަންނަށް ދެވުމުން އަހަންނަށް އިހްސާސް ކުރެވުނީ  އަހަރެންގެ ދަތުރު ފުރިހަމަވިކަމަށް، އަހަރެން ރައުދާ އަށް ދިޔައިން، އަހަންނަށް ޔަޤީން ކުރެވުނު މައްކާއަށް ގޮސް އަހަންނަށް ޙައްޖުވެވޭނެކަން" ޝިހާބުއްދީން ބުނެފައިވެއެވެ.

31 އަހަރުގެ ތިން ކުދިންގެ ބައްޕަ ޝިހާބުއްދީން ބުނެފައިވަނީ އޭނާ އޭނާގެ މިދަތުރަށް އެއްއަހަރު ކުރިން ތައްޔާރުވާން ފެށިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.