އިޒްރާއިލްގެެ ހަމަލާތަކުގައި ޝަހީދުވި ޒަކަރިއްޔާ މުޙައްމަދު އަލް ޒައުލް. ފޮޓޯ: ޓްވިޓަރ
ދުނިޔެ
20 Jun 2023 | 20:04
ަބައިތަލަހްމުގައި ފަލަސްޠީނުގެ ޒުވާނަކަށް ހަމަލާދީ ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ބައިތަލަހްމުގައި ޒުވާނަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ 20 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު އަލް ޒައުލް ޝަހީދުވެފައިވަނީ އިޒްރާއިލް ސިފައިން ހުއްޓުމެއް ނެތި ދެމުންދިޔަ ބަޑީގެ ހަމަލާތަކުގެ ސަބަބުން ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި އޭނާ ޝަހީދުވެފައިވަނީ  އޭނަގެ ބޮލަށް އެރި ބަޑީގެ ހަމަލާއެއްގެ ސަބަބުންނެވެ.

ޢަރަބް ނިއުސް ގައި ބުނެފައިވަނީ ޒަކަރިއްޔާ ޝަހީދުވުމަށްފަހުވެސް އިޒްރާއިލްގެ ސިފައިން އޭނާގެ ހަށިގަނޑަށް ބަޑީގެ ހަމަލާތައް ދީފައިވާކަމަށެވެ. ޢަރަބް ނިއުސްގައި އިތުރަށް ބުނެފައިވަނީ އިޒްރާއިލް ސިފައިން އޭނާގެ ހަށިގަނޑަށް ބަޑިޖަހަފައިވަނީ އޭނާ އިޒްރާއިލް ސިފައިންނަށް އަމާޒުކޮށް ޕެޓްރޯލް ބޮން އުކާ ކަމަށް ބުނެ ކަމަށެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ ސިފައިން ނުކުމެ އުޅުނީ ރޫޓިން އެކްޓިވިޓީ އަށް ކަމަށެވެ. އަދި އިޒްރާއިލް ސިފައިން ޒަކަރިއްޔާ އަށް ހަމަލާދީފައިވަނީ އެނާގެ ކިބައިން ޝައްކު ކުރެވޭ ފަދަ ޢަމަލުތަކެއް ފެނިގެން ކަމަށެވެ.

ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީ އިން ބުނެފައިވަނީ އިޒްރާއިލް ސިފައިން ޒަކަރިއްޔާއާއި ކުރިމަތިލައިފައިވަނީ ބަޑީގެ ހަމަލާތަކާއި، ކަރުނަ ގޭސް އަދި ސްޓަން ގްރެނޭޑްސް އާއި އެކުގައި ކަމަށެވެ.

ޒަކަރިއްޔާގެ މަރު ހިމެނިގެންދާނީ އިޒްރާއިލް ސިފައިން ހިންގަމުންދަ ލާއިންސާނީ ޢަމަލުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަދަ ކަމަކަމަށެވެ. އޭނާގެ މަރާއި އެކު މިއަހަރު އިޒްރާއިލް ސިފައިން ޝަހީދު ކޮށްލި ފަލަސްޠީނުގެ މީހުންގެ ޢަދަދު 165 ކަށް އެރީއެވެ.

އިޒްރާއިލުން ފަލަސްޠީނުގެ ދެކުނު އައްސޭރި އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ 1967 ގައެވެ. އޭގެ ފަހުން މިލިޓަރީ ރެއިޑް ތައް ހިންގުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް ވައިގެ ހަމަލާތައް ދިނުމަކީ ޢާންމުކޮށް އިޒްރާއިލް ސިފައިން ކޮށް އުޅޭ ކަމަކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.