އެމްޑީޕގެ ޕީޖީ ލީޑަރު އަސްލަމް/ ފޮޓޯ: މަޖިލިސް
ހަބަރު
20 Jun 2023 | 21:05
މަރުތަޅު ފިލުވަން ނަޝީދު އެދޭހާ ގޮތަށް ކޮމްޕްރޮމައިސްއެއް ނުކުރާނަން: އެމްޑީޕީ ޕީޖީ

ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި އޮތް "މަރުތަޅު" ނައްޓާލުމަށް ނަޝީދު ހުށައެޅުއްވި ޙައްލު ޤަބޫލުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުން ކޮމްޕްރޮމައިސް ނުކުރާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކު އެކީގައި ކަހަލަ ގޮތަކަށް މަޖިލީހަށް ހުށައެޅުމާއި ގުޅިގެން އެ ދެބޭފުޅުން ވެސް ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ނެތި، މަޖިލީހުގެ މަސައްކަތްތައް ހުއްޓި މަޖިލީހުގައި ވަނީ މަރުތަޅު އެޅުވިފައެވެ. 

އެކަމަށް ޙައްލެއް ހޯދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހާރު ހުށައަޅާފައިވާ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ތެރެއިން ކޮންމެެސް އެއް މައްސަލައެއް އަނބުރާ ގެންގޮސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތްއިރު އެ އުސޫލުން އެކަން ކުރުމަށް ޕާޓީއަށް އެއްވެސް ހުރަހެއް ނެތްކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެ ސުވާލު އަމާޒުކޮށްފަ އެވެ. 

އެގޮތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ނަޝީދު ހުށައެޅުއްވި ޙައްލު ޤަބޫލުކުރައްވާނެތޯ ނޫސްވެރިން ސުވާލުކުރި އެވެ. އަދި އެ އުސޫލުން އެކަން ކުރުމަށް އެއްވެސް ހުރަހެއް އޮތް ތޯ ވެސް ނޫސްވެރިން އެހިއެވެ. 

ނޫސްވެރިންގެ އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މިހާރު ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއް އަނބުރާ ނުގެންދަވާނެ ކަމަށެވެ. އަދި ގެންދަން ޖެހޭފަދަ ހާލަތެއް ވެސް ނެތް ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހަކީ މީ ދައުލަތުގެ އެއް ބާރު. އަޅުގަނޑުމެން ސިޔާސީ ގޮތުން ކޮމްޕްރޮމައިސް ކުރަން ޖެހޭ ތަނެއް ނޫން. އަޅުގަނޑުގެ ދަރިފުޅު ސުކޫލަށް ނުދިޔައިމަ މެޓައެއް ދީފައި ފޮނުވިދާނެ. އެކަމަކު މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އަޅުގަނޑުމެން ހަވާލުކޮށްފައި ހުރި ދައުލަތުގެ އެއްބާރުގެ އެންމެ މަތީ ވެރިޔާގެ ވާހަކަ. ތިމަންނަ މިކަން ކުރާނީ މިހެން ހެދީމައޭ.. ތިމަންނަގެ މައްސަލަ ނެގީމައޭ، މިދެން އަނެއް ސަމާސާއަކަށް ވުރެ ބޮޑު މައްސަލައެއްކަމަށް އަޅުގަނޑު ދެކެނީ"

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް 

އަސްލަމް އިތުރަށް ވިދާޅުވީ މިހާރު ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އެގޮތަށް އޮވެ މަޖިލީސް ކުރިއަށް ނުގެންދާކަމަށް ވާނަމަ، އެކަން ޙައްލު ކުރުމަށް ދެން އެމްޑީޕީން ދާނީ ސުޕްރިމް ކޯޓަށް ކަމަށެވެ. 

ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށައަޅައިގެން ކޯޓު މެދުވެރިކޮށް މައްސަލަ ޙައްލު ކުރުމަކީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށާއި، އެހެން ނަމަވެސް މަޖިލީހުގައި މަރުތަޅު އަޅުވާފައި ބޭއްވިޔަ ނުދިނުމަށް ސުޕްރިމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.