އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ހަބަރު
20 Jun 2023 | 22:23
ޤަބޫލު ނުކުރެވުނަސް، މެޖޯރިޓީ މެމްބަރުން މިހާރު ނަޝީދަކަށް އިތުބާރެއް ނުކުރޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ މެމްބަރުން އެމަނިކުފާނަށް ގުޅުއްވާ، އެ މައްސަލައިގައި ސޮއިކުރައްވަން ޖެހިވަޑައިގަތީ މަޖުބޫރުވެގެންކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން ނޫސްވެރިން ވަނީ އަސްލަމާއި ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، ނަޝީދު އަމަލުކުރައްވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ތަންކޮޅެއް ކުރިންވެސް ނުތަނަސްކަން އުފެދިފައިވާ ކަމަށެވެ. އަދި ޕާލަމެންޓްރީ ގުރޫޕުން އެންގުމުގެ މާކުރިން މެމްބަރުންތަކެއް އިސް ނަގައިގެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހުށައެޅުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

ނަޝީދާއި އަސްލަމް ކޮމެޓީގައި 

"(ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން) 41 މެމްބަރުން ނިންމި ދުވަހު، އެތަނުން 36 މެމްބަރުންގެ ވޯޓާއެކު ޕާލަމެންޓްރީ ގުރޫޕުން ފާސްވީ. އަދި ޕާލަމެންޓްރީ ގުރޫޕުން ފާސްވެ ހަމަ އެވަގުތު ޕާލަމެންޓްރީ ގުރޫޕުގައި ބައިވެރިވެ ވަޑައިގެންނެވި 41 މެމްބަރުން ވަގުތުން ވަގުތަށް ސޮއިކުރައްވާފަ ނިކުމެވަޑައިގަތީ. އެ ދުވަހު 6 ގަޑިއިރު ތެރޭގައި 54 ސޮއި އަޅުގަނޑުމެންނަށް ހަމަވެގެން ދިޔަ"

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް

އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވިކަމަށް ނުވަތަ ޕްރެޝަރެއް ކޮށްފައިވާކަމަށް މިހާތަނަށް އެއްވެސް މެމްބަރަކު ވިދާޅުވެފައި ނުވާކަމަށެވެ. އަދި އެފަދަ އެއްވެސް ޝަކުވާއެއް މެމްބަރކު ކުރައްވާތީ އަޑުވެސް އައްސަވާފައި ނުވާކަމަށެވެ. 

އެހެން ނަމަވެސް މެމްބަރުންގެ މެދުގައި ނަޝީދުގެ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެގެން ގޮސްވައިވާކަން ފާހަގަކުރެވުނު ކަމަށާއި، އެމަނިކުފާނަށް ޤަބޫލުފުޅު ނުކުރެއްވުނު ނަމަވެސް މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ނަޝީދަށް އިތުބާރު ނުކުރައްވާކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް 

"މަޖިލީހުގެ އިތުބާރު ނެތްކަން ވަރަށް ޔަގީން. ރައްޔިތުންގެ މަޖިލީހުގެ މިހާރު ތިއްބެވި 87 މެމްބަރުންގެ ބޮޑު މެޖޯރިޓީއެއްގެ އިތުބާރެއް މަޖިލީހުގެ ރައީސަކަށް ނެތް" 

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ނުކުރައްވާ އިތުރު 6 މެމްބަރަކު އޭނާއަށް ގުޅުއްވާ ވޯޓުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށެވެ. 

އެހެންކަމުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅި މައްސަލައިގައި ސޮއިކުރީ ނުޒޫފު ފޯރުވައިގެންކަމަށް ބެލެވެން ނެތްކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެއާއެކު އަސްލަމް ވިދާޅުވީ މިވަގުތު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނެވުމަކީވެސް ގައުމަށް އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. 

މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ ރައީސް ނަޝީދު ކަމަށާއި، ޒިންމާ އަދާ ނުކުރެވޭނަމަ ނަޝީދު މަގާމުން އިސްތިއުފާދެއްވުމަށް ވެސް އަސްލަމް ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.