ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ސަން
ހަބަރު
21 Jun 2023 | 14:03
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންފި އެވެ. 

އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަން އިއުލާން ކުރައްވައި ރައީސް ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވިއެެވެ.

2003 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީ އުފެއްދުމަށް ހަރަކާތްތެރިވި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އޭރުއޮތް ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2005 ވަނަ އަހަރު ދެއްވުމުން އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅިއިރު ވެސް ނަޝީދު އެހުށަހެޅުމުގައި ސޮއި ކުރެއްވިއެވެ. އަދި ހަމަ އެ އަހަރު، އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން ކަމުގެ މަގާމަށްވެސް ނަޝީދު ހޮވިވަޑައިގެންނެވިއެވެ. 

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ، އެމަނިކުފާނަށް ވަފާތެރި ފަރާތްތަކުން 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ނިންމަށް އެ ޕާޓީ ރެޖިސްޓާރ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް އެ ކޮމިޝަންގެ މަސައްކަތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. 

އެ ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނީ، ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގާއި އެކު، ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރި ނުވާނެ ކަމަށް، ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު އެންގެވުމާއި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.