ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ/ ވޮއިސް
ހަބަރު
22 Jun 2023 | 07:59
ޕާޓީ ރަޖިސްޓްރީ ނުކޮށް ލަސްކުރުމަކީ ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓުން: ހަސަން ލަތީފް

ޕާޓީ ރަޖިސްޓްރީ ނުކޮށް ލަސްކުރުމަކީ ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް ތިންމަސް އޮތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ވިދާޅުވާކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެއީ ގާނޫނީ ގޮތުން ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މައުލޫމާތު، އަދި އެ ބޭފުޅުންގެ އިޖުރާއަތްތަކާ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެން ހުށައެޅުމަށްފަހު ދެން ހަމަ އެއްވެސް ސަބަބަކާ ނުލާ އެ ބޭފުޅުންނަށް އެ ހިފަހައްޓާލައިގެން ތިބެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީކީ ގާނޫނުއަސާސީގެ ރޫހެއްވެސް ނޫން" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހިފެހެއްޓެނީ ބައެއްގެ ހައްގެއް ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ނުވީ، މިދިޔަ އާދީއްތަ ދުވަހު ބޭއްވި އީސީގެ ބައްދަލުވުމުގައި ދެ މެމްބަރަކު ވޯޓު ނުދިނުމުންނެވެ.

ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ އަދަދަށް މެމްބަރުންގެ ފޯމު ހަމަކޮށް، ޑިމޮކްރެޓްސްއިން އީސީއަށް ހުށަހެޅީ މި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އަދިވެސް ޕާޓީ ރަޖިސްޓްރީ ކޮށްދީފައި ނުވާތީ މިއަދު އެ ޕާޓީން ވަނީ އީސީ ދޮށަށް އެއްވެފައެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ޑިމޮކްރެޓްސްގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު އީސީގައި ތިބީ ހަތަރު މެމްބަރުން ކަމަށާއި، އޭގެ ތެރެއިން، މިހާރުން މިހާރަށް ރަޖިސްޓްރީ ކޮށްދޭން ވޯޓު ދިނީ ދެ މެމްބަރުން ކަމަށެވެ. އަނެއް ދެ މެމްބަރުން ވޯޓު ދިނީ ރަޖިސްޓްރީ ކޮށް ނުދިނުމަށް ކަމަށެވެ.

ރަޖިސްޓްރީ ކޮށް ނުދިނުމަށް ވޯޓުދިން މެމްބަރުން ސަބަބެއް ކަމުގައި ދެއްކީ، އަދި ބަލަންޖެހޭ ކަންތައްތައް ހުރުން ކަމަށް ފުއާދު ވިދާޅުވިއެވެ.

ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އީސީގެ މެމްބަރު ޢަލީ ނަޝާޠުއާއި މުހައްމަދު ޢާސިފްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު