މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
22 Jun 2023 | 09:24
މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިގަތީ އެއީ ވާޖިބެއް ވީމަ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ތިން ދުވަސް ވުމަށްފަހު، މިއަދަށް ޖަލްސާއެއްް އެޖެންޑާކޮށް، ޖަލްސާ ފަށައިފި އެވެ. 

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. 

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ، އެޖެންޑާ އިއުލާން ކުރައްވަމުން، ރިޔާސަތުން އަންގަވާ އެންގެވުން މެންބަރުންނަށް ދަންނަވާފައެވެ. 

އެގޮތުން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އަމީން އާންމަށް އެންގެވި ކަމަށާ، އަދި އެފަދައިން އެންގެވީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމަށެވެ. 

ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާ، އެކަން އެހެން ދިމާވި އެމްޑީޕީން، މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްކޮށް މަޖިލީހަށް ވެއްދުމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް. މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވި. އެހެން ނަމަވެސް އެ ބައްދަލު ކުރެއްވުމަކުން މި މަޖިލިސް ކުރިއަށް ގެންދިޔުމަށް ފުރުސަތު ލިބިގެނެއް  ނުދިޔަ. މަޖިލިސް ކުރިއަށް ނުގޮސް އޮތް އޮތުން އެއީ އަޅުގަނޑަށް ފެނުނު ގޮތުގައި، އެއީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ވެއްދުމުން ދިމާވެފައި އޮތް އަރަތެއް.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިގެންނެވީ، އެމަނިކުފާނުގެ އުޒުރަށްވުރެ، ރައްޔިތުންގެ މަސްލަހަތު އިސްވުމުން ކަމަށެވެ. އަދި މިވަގުތު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަކީ ވާޖިބެއް ކަމަށް ވުމުން ކަމަށެވެ. 

އަޅުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބެލެހެއްޓުމަށް މި އިނީ، އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުގެ އުޒުރުތަކަށްވުރެ އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓަން ޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު. ދިވެހި ރާއްޖޭގެ މަސްލަހަތު. މި ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުން އެއީ، ރައްޔިތުންގެ މަސްޓހިފެހެއްޓޭނެ ގޮތެއް ނޫން. އަޅުގަނޑު މިއަދު ހިތާމަ ކުރަން ދައުލަތުގެ އެހެން ބާރު ތަކުން އަދި ޚާއްސަގޮތެއްގައި، މިތަނުގެ މެޖޯރިޓީ ޕާޓީ، މި މައްސަލަ ހައްލު ކޮށްދިނުމުގައި އެއްގޮތަކަށްވެސް އެހީތެރިވެފައި ނުވާކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދުށީ، މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް. އެހެން ކަމުން މިއަދު އަޅުގަނޑު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގަސްތުކޮށް އެ ރިޔާސަތު މި ބަލަހައްޓަނީ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދުގެ އެންގެވުން ނިންމަވާ ލެއްވީ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާ ކަމާއި، މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެކަން ވެސް އިއުލާން ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.