މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
ހަބަރު
22 Jun 2023 | 10:13
"މަރުތަޅު" މައްސަލަ ހައްލުކުރަން އެމްޑީޕީން އެއްބާރުލުން ނުދޭކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އަސްލަމްގެ ރައްދެއް!

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދުމުން ކަމަށާ، އެކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެއްބާރުލުން ނުދޭ ކަމަށް އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، މެޖޯރިޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ ދުވަސް ވުމަށްފަހު، މިއަދަށް ޖަލްސާއެއްް އެޖެންޑާކޮށް، ކުރިއަށް ގެންދާއިރު، ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. 
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ، އެޖެންޑާ އިއުލާން ކުރައްވަމުން، ރިޔާސަތުން އަންގަވާ އެންގެވުން މެންބަރުންނަށް ދަންނަވާފައެވެ. 

އެގޮތުން، ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތުމަކީ، ދިވެހިރައްޔިތުން ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް، ދައުލަތުގެ އެހެން ބާރު ތަކުން އަދި ޚާއްސަގޮތެއްގައި، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެންޑީޕީން އެއްގޮތަކަށްވެސް އެހީތެރިވެފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

މި ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުން އެއީ، ރައްޔިތުންގެ މަސްލަހަތުހިފެހެއްޓޭނެ ގޮތެއް ނޫން. އަޅުގަނޑު މިއަދު ހިތާމަ ކުރަން ދައުލަތުގެ އެހެން ބާރު ތަކުން އަދި ޚާއްސަގޮތެއްގައި، މިތަނުގެ މެޖޯރިޓީ ޕާޓީ، މި މައްސަލަ ހައްލު ކޮށްދިނުމުގައި އެއްގޮތަކަށްވެސް އެހީތެރިވެފައި ނުވާކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދުށީ، މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް. އެހެން ކަމުން މިއަދު އަޅުގަނޑު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގަސްތުކޮށް އެ ރިޔާސަތު މި ބަލަހައްޓަނީ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުން، ބަހުސް ކުރައްވަމުން އަސްލަމް ވަނީ، ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. 

އެގޮތުން، އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުން އަމިއްލަ މެންބަރުންނާއި އެހެން ޕާޓީތަކާއި އެކު ގިނަ ބައްލަވުންތަކެއް ބޭއްވިގެން ދިޔައިރު، އެ ހުރިހާ ބައްދަލުވުމެއްގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ. 

"އެ ހުރިހާ ބައްދަލުމުގައިވެސް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ އަމީން އާންމު، އަމީން އާންމު ކުރެން ސާފުކުރައްވާ، މެޖޯރިޓީ ތަމްސީލް ކުރާ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިކަމުގައި އެއްބާރުލުން ދެމުން ދިޔަތޯ، ނުވަތަ ނޫންތޯ؟ އަޅުގަނޑުމެންނާ ހަމައަށް އައި ހުރިހާ މައްސަލައެއް ވާނީ ވަރަށް ސާފުކޮށް ބަޔާން ކޮށްފައި. އަދި ކޮންމެ ބައްދަލުވުމެއްގައި ކޮންމެސް ވަރަކަށް ހުށަހެޅުންތައް ހުށަހެޅި، ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމަމުން ދިޔައީ. އެހެން ނަމަވެސް މުޅި ނިންމުމާއި ހަމައަށް ދެވޭއިރު، އަނެއްކާވެސް ދެން އަންނަ ބައްދަލުވުމެއްގައި އަނެއްކާވެސް އިތުރު އައު މައްސަލައެއް މަތި ކުރެވެމުން ދިޔައީ. އެހެން ކަމުން ކޮމިޓީ ތަކަށް މިވަނީ ގޮތެއް ނުނިމިފައި."

މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް 

މަޖިލިސް މިއަދު ފައްޓަވަމުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާ އަކީ މިދައުރުގެ ފަހު ޖަލްސާކަން އަންގަވާފައެވެ. ނަމަވެސް، އަސްލަމް ވަނީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން، ކޮމިޓީ މައްސަލައާއި އެ ނޫންވެސް ނުނިމި ހުރި މުހިންމު ކަންކަން ނިންމެވުމަށް، ދައުރު އިތުރަށް ދަންމަވާލައްވަން އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.