ޕްރޮސެކިއުޓާ ޖެނެރަލްގެ ހުސެއިން ޝަމީމު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Jun 2023 | 13:05
އިދިކޮޅުން ޕީޖީ ޝަމީމް އާއި ބައްދަލުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރެލް ހުސައިން ޝަމީމްއާއި ބައްދަލުކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައި ހައި ކޯޓަށްވުރެ، ދަށު ކޯޓަށް އިސްކަންދެއްވާކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅުން މިއަދު ވަނީ ޕީޖީ ޝަމީމް އާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅުު ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ސަރުކާރުން ރައީސް ޔާމީން ގެ މައްސަލައަށް ނުފޫޒު ފޯރުވާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ސިޔާސީ ޕްރޮގްރާމެއްގައި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގެންނެވުމުން އެކަންވެސް ބައްދަލުވުމުގެ ތެރެއިން ފާހަގަކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އިދިކޮޅުގެ ކަންބޮޑުވުންތައް ޕީޖީ ވަރަށް ރަނގަޅަށް އަޑުއެއްސެވިކަމަށާއި، އަދި އެކަމުގައި އޭނާ ދެކިލައްވާ ގޮތްވެސް ހިއްސާކުރެއްވިކަމަށެވެ. 

އިދިކޮޅުން ނޫސްވެރިންނާއި ބައްދަލުކޮށް، ޕީޖީ ޝަމީމް އާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމާއި ގުޅޭ މައުލޫމާތު ތައް ހިއްސާކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ޕީޖީ ޝަމީމް ރައީސް އޮފީހަށް ވަޑައިގެންނެވިކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އިދިކޮޅުން މައުލޫމާތު ދެއެވެ. 

އެކަމާއި ގުޅިގެން އިދިކޮޅުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.