ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: ސަން
ހަބަރު
22 Jun 2023 | 14:51
ރައީސް ނަޝީދު ހޯމަދުވަހު މުރައިދޫގެއިން ނުކުންނަވަނީ

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުން އެމަނިކުފާނަށް ހަމަޖައްސައިފައި ހުންނަ ރަސްމީ ގެކޮޅު ކަމަށްވާ މ މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާނެ ކަން އަންގަވައިފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ ގައި ބުނެފައިވަނީ ނަޝީދު ހުންނަވާ ރަސްމީ ގެކޮޅު، މ. މުރައިދޫއިން ގ. ބޭރުވެއްޔަށް، ހޯމަ ދުވަހު ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.

އެދުވަހަކީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވާދުވަހެވެ.

ރައީސް ނަޝީދު ދިރިއުޅުއްވުމަށް މުރައިދޫގެ ހަމަޖެއްސެވީ މެއި 6، 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަސް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެންނެވެ.

ކުރިން ސަރުކާރުން ދިރިއުޅުމަށް ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ރައީސުލް ޖުމްހޫރިއްޔާ އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށެވެ. ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޤާނޫނަށް ގެނައި ބަދަލާއި އެކު މަޖިލީހުގެ ރައީސަށާއި ބަންޑާރަ ނައިބަށްވެސް ރަސްމީ ގެކޮޅު ހަމަޖައްސައި ދޭން ޖެހެއެވެ.

އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ޤާނޫނުގައިވެ އެވެ.

މުރައިދޫގެ ދޫކުރައްވައި ރައީސް ނަޝީދު ބަދަލުވެވަޑައިގަންނަވާ  ގ ބޭރުވެއްޔަކީ އެމަނިކުފަނު ޚިއްސާވާ އޯޝަން ޕަބްލިޝާސް ވެސް ހިންގާ ގެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.