ރައީސް އޮފީހުގެ ލީގަލް އަންޑާ ސެކެޓްރީ އަބްދުﷲ ނަސީރު-++
ހަބަރު
22 Jun 2023 | 16:02
"ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ރައީސް އޮފީހުގެ ނަސީރު ކިޔާ މީހެއް ލައްވައި"

އަދުގެ ސަރުކާރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާ، އެކަން ކުރައްވަނީ ރައީސް އޮފީހުގެ "ނަސީރު ކިޔާ ބޭފުޅެއް" މެދުވެރިކޮށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ، ރައީސް ޔާމީން ގެ މައްސަލަ ތަކަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، ނުފޫޒް ފޯރުއްވާ ކަމަށް އިދިކޮޅުުން ދައްކަވާތީ، މިހާރު އެކަން ކުރައްވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރާ ނަސީރު ކިޔާ ބޭފުޅެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ ނަސީރު، މަގުމަތިން ނަމަވެސް ހޯދަވާނެ ކަމަށް ޓޮމް ވިދާޅުވި އެވެ. 

".. ދެން ވެރިކަމާ ހަވާލުވާން އޮތް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މައްސަލައަށް ނުފޫޒު ފޯރުވަން އަލީ ޒާހިރު އެކަންޏެއް ނޫން. އަޅުގަނޑުމެން މިހާރު އަލީ ޒާހިރު ވާހަކަ ދައްކަވާތީ ރައީސް އޮފީހުގައި ހުރި އެހެން މީހެއް ލައްވައި ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ދަނީ،" ޓޮމް ވިދާޅުވި އެވެ. 

"ނަސީރު ކިޔާ މީހެއް، ރައީސް އޮފީހުގެ ނަސީރު ކިޔާ މީހަކާ ޓާސްކު އަލީ ޒާހިރު ހަވާލުކޮށްފަ މީ އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމެއް ނޫން. އަޅުގަނޑުމެން އޭނަ ހޯދާނަން މަގުމަތިން ވެސް. އެ ނަސީރެއް ވެސް ހޯދާނަން މަގުމަތިން." 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

މިއާއެކު ޓޮމް ވިދާޅުވީ، ނުފޫޒް ފޯރުވައިގެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެކަން ވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިބއެ ނަސީރު ހޯދައި ވެރިކަން ވެސް ބަދަލު ކުރައްވާނެ ކަމަށެވެ. 

ހީނުކުރައްވާ ރައީސް ޔާމީންގެ ކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވައިގެން މިކަން ކުރިއަށް ގެންދަން. އަޅުގަނޑުމެން އޭނަ [ނަސީރު] ވެސް ހޯދާނަން ކުރިއަށް އޮތް ތިން މަސް ތެރޭގައި ވެރިކަން ވެސް ބަދަލު ކުރާނަން،" ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ މައްސަލަތަކަށް ނުފޫޒު ފޯރުވަމުންދާ މައްސަލަ ހައްލުކޮށް ކަންކަން ހަމަ މަގަށް އެޅުވުމަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުގޭގައި، އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެ ފަރާތަކުން ޒިންމާ ނަގައި ކަންކަން ހަމަ މަގަށް އަޅުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
މަރިޔަމް މޫސާ
ހުސް ދޮގު. މީހަކު ނުފޫޒު ފޯރުވިއަސް ނުވިއަސް ޗޯރެެއް ވާނީ ޗޯރަކަށް. ދަޢުލަތުގެ މާލިއްޔާ ހުރިތާ ހުރީ ވަޅުގަނޑެއް. ދެން ތިކިޔަނީ ނުފޫޒޭ ކަންފަތުގަލާ އެއްޗިއްސޭ
22 Jun 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.