ޓައިޓަން
ހަބަރު
23 Jun 2023 | 13:01
ޓައިޓަން އިން ދަތުރުކުރި އެންމެން ކަނޑު އަޑީގައި މަރުވެފައިވާކަމަށް ބުނެފި!

މީގެ 111 އަހަރު ކުރިން ފެތުނު އާރް.އެމް.އެސް ޓައިޓޭނިކް ކައިރިއަށް ފަތުރުވެރިންނާ އެކު ފީނި ޓައިޓަންގެ ނަން ދީފައިވާ ކުޑަ ސަބްމެރިންގައި ދަތުރުކުރި ފަސް މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފިއެވެ.

އޯޝަންގޭޓް އެކްސްޕެޑިޝަންސް ކިޔާ ކުންފުންޏަކުން އޮޕަރޭޓްކުރާ އެ ސަބްމެރިން މީގެ ފަސް ދުވަސް ކުރިން ކެނެޑާގެ އިރުދެކުނު ފަރާތަށް ގެއްލި، އުޅަނދުގެ ޚަބަރު ހުސްވިއިރު އޭގައި ޕައިލެޓުގެ އިތުރުން ހަތަރު ފަތުރުވެރިން ތިއްބެވެ.

އެކަމާއި ގުޅިގެން މިހާތަނަށް ހޯދުނު ހޯދުން ތަކުން ކަށަވަރުވެފައިވާ ގޮތުގައި، އުޅަނދު "އިމްޕްލޯޝަނެއްގެ" ސަބަބުން ވަނީ ގޮވާފައެވެ. އަދި އެ އުޅަނދުގެ ބައިތައްވެސް ފެނިފައިވާއިރު، އެތަކެތި ފެނިފައި ވަނީ ޓައިޓޭނިކާ 1,600 ފޫޓު ދުރުން ކެނެޑާގެ ކޯސްޓްގާޑުގެ ރޮބޮޓިކް ސަބްމެރިނަކަށް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.   

އެގޮތުން ފެނިފައިވާ ތަކެތީގެ ތެރޭގައި، އުޅަނދުގެ ފަހަތްކޮޅު ވެސް ހިމެނޭ ކަމަށް މިޑީއާ ރިޕޯޓްތައް ބުނާއިރު، އޭގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަން އަދި ކަށަވަރެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ކޯސްޓްގާޑުން ބުނެފައި ވަނީ ސަބްމާސިބަލް ދަތުރު ކުރި މީހުންގެ ހަށިތައް ފެނޭތޯ އަދިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ބިލިޔަނަރެއް ކަމުގައިވާ ހޭމިޝް ހާޑިންގާއި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޝާހުޒާދާ ދާވޫދާއި އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދާއި، ފަރަންސޭސިވިލާތުގެ ދިރާސާކުރާ މީހެއް ކަމުގައިވާ ޕޯލް-އޮންރީ ނާގޮލޯއެވެ. ސަބްމެރިން ދުއްވަން އިން ޕައިލެޓަކީ އޯޝަންގޭޓް ކުންފުނީގެ ބާނީ އަދި ސީ.އީ.އޯ ސްޓޮކްޓަން ރަޝްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.