ފޮޓޯ-- ގޫގުލް
ދީން
30 Jun 2023 | 13:00
ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ޢަޛާބު ލިބޭ ނުބައިވެގެންވާ ބޮޑު ފަފާއެއް: ހުކުރުޚުތުބާ

ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ޢަޛާބު ލިބޭ ނުބައިވެގެންވާ ބޮޑު ފަފާއެއް ކަން މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ. 

ދުލުގެ އާފާތްތައް މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ އީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ނުބައިވެގެންވާ ފާފައެއް ކަމަށެވެ.

"ތިޔަބައިމީހުން ނެތިމޮށުމާއި، ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާއި ދުރުހެލިވާށެވެ! ކަށްވަޅުގައި ޢަޛާބު ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަކަންކަން ހިމެނެއެވެ. ދެބައޮޑުވަމުން، ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް، ޤިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ލިބޭނެއެވެ. މުސްލިމުންގެ ޣީބަ ބުނެ، ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ ޢަޛާބު ދެއްވާނެއެވެ."

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ބައެއް ފަހަރު މީސްމީހުންނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި އެމީހުން ބަދުނާމުކުރުމުގެ ނިޔަތުގައި އެވާހަކަތައް އާއްމުކޮށް ފަތުރާ މީހުން އުޅޭ ކަމަށެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރިކަން ކީރިތި ޤުރުއާނުން އެނގޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މާތް الله ވަހީކުރައްވާފައިވެއެވެ. މާނައީ ''އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.'' ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގުހުވާ ކުރުން ހިމެނޭ ކަމަށެވެ.

ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި، އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުމާއި އޭގެ ސަބަބުން އެހެން މީހުންގެ ހައްގުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަވުމާއި ކުށެއް ނެތް މީހުންނަށް ހައްގަކާނުލައި އަނިޔާލިބުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.