އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އާއި ރައީސް ޞާލިހް--
ހަބަރު
23 Jun 2023 | 16:59
ނިމިދިޔަ ދިރާސީ އަހަރަށް ނިންމާނެ ކަމަށް ބުނި ސްކޫލްތައް ނިންމުމަށް އަނެއްކާވެސް އާ ތާރީހެއް!

ސަރުކާރުން މާލެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ސުކޫލު ތަކުގެ ތެރެއިން ނިމިދިޔަ ދިރާސީ އަހަރަށް ނިންމާނެ ކަމަށް ބުނި ސުކޫލުތައް މި ފެށޭ އައު ދިރާސީ އަހަރުތެރޭ ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ތިން ސުކޫލެއްގެ މަސައްކަތް މިފެށޭ ދިރާސީ އައު އަހަރުގެ ފުރަތަަމަ ޓާމު ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އެ ތިން ސުކޫލަކީ، ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރަމުންދާ ސަލާހުއްދީން ސްކޫލާއި މާލޭގައި ހަދާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ އިތުރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސީއެޗްއެސްސީގެ އާ އިމާރާތެވެ. 

އެތަނުން، ސަލާހުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. 118،336،879 ރުފިޔާގެ އަގަކަށް، އަމީން ކޮންސްޓްރަކްޝަން އާ މަސައްކަތް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ސުކޫލުގެ މަސައްކަތް ނިމި، ނިމިގެން ދިޔަ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގައި ސުކޫލުގައި ކިޔަވައިދިނުން ފެށިގެންދާނެކަމަށް، މިދިޔަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި “އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ. 

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މި އިމާރާތުގެ މަސައްކަތް މަޑުޖެހުނީއެވެ. އެހެންކަމުން އެ މަސައްކަތް ނިންމުމުގެ މުއްދަތު އިތުރު ކޮށް، ޑިސެންބަރު މަހަށް ނިންމާ 2022 ވަނަ އަހަރު ކިޔަވާއިދޭން ފަށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. 

އެ ސްކޫލް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެންނެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ނިމުމާއެކު ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ އިމާރާތަށް އަރައްބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލޭގައި ތޮއްޖެހުން އިތުރުވުމާއި، ގިނަ ކުދިންނަށް އޭ ލެވެލް ކިޔެވުމަށް ފުރުސަތު ދިނުމުގެ ގޮތުން، 2020 ވަނަ އަހަރު ސީއެޗްއެސްއީ ހުޅުމާލޭ އަށް ބަދަލު ކުރަން ސަރުކާރުން ނިންމިއެވެ. 

19 ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް ރަޝީދު ކާޕެންޓްރީއާ މަސައްކަތް ހަވާލުކުރީ 33.4 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތު މިހާރު ހަމަވެފައިވާއިރު، އަދި މިހާތަނަށް ސްކޫލް ނިމިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.