ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله--
ހަބަރު
23 Jun 2023 | 18:08
"މި ވެރިކަން ބަދަލު ކުރަން ވާހަކަދައްކަން ޖެހޭ ބަޔަކާއެކީގައި ވާހަކަ ދައްކަން ރައީސް ޔާމީން އަންގަވައިފި"

މި ވެރިކަން ބަދަލުކުރަން ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާއެކީ ވާހަކަ ދެއްކެވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ އެއްވެސް ކުލުނެއް ނެތް ބައެއް ކަމަށެވެ. އަދި އެވެރިން ރައްޔިތުންނަށް އިހްތިރާމް ނުކުރައްވާ ކަމަށާ، ރައްޔިތުންވެސް ވެރިންނަށް އިހްތިރާމް ނުކުރައްވާ ކަމަށެވެ. 

ގައުމުގައި ހަމަޖެހުމައް އޮތީއެއް ނޫން. ސުލްހަވެރިކަމެއް އޮތީއެއް ނޫން. އެކުވެރިކަމެއް އޮތީއެއް ނޫން. އެއްބައިވަންތަ ކަމެއް އޮތީއެއް ނޫން. 

އަބްދުއްރަހީމް އަބްދުالله 

ކަން މިހެން ހުރުމުން ކޮންމެ ގޮތަކުން ނަމަވެސް މި ވެރިކަން ބަދަލުކޮށް، މި ކަމުން ސަލާމަތްވާން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި މި ވެރިކަން ބަދަލުކުރަން ޖެހެނީ ހަމައެކަނި ޕީޕީއެމް/ ޕީއެންސީއަށް ޓަކައި ނޫން ކަމަށާ، އެއީ މުޅި ދިވެހިރާއްޖޭގެ ލާބައާއި މަންފާއަށްވެސް ކުރަންޖެހޭ ކަމެއް ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އެކަން ކުރެވޭނީ މި ވެރިކަން ބަދަލު ކުރުމުގެ ރޫހުގައި ތިބި އެންމެނާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. 

އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ޕީޕީއެމްގެ މެމްބަރުން ވަރަށް ހިތްހަމަނުޖެހޭ ބޭފުޅުންނާއެކު ވާހަކަދައްކަން ތިއްބާ ވެސް ފެނިދާނެ ކަމަށާއި، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ، މި ވެރިކަން ބަދަލުކުރަން ޕީޕީއެމްގެ އޮޑިއަށް ލާންޖެހޭ ކޮންމެ ފަޅުވެރިއެއް ވެސް ލުމުގެ އިހުތިޔާރު އާންމު މެމްބަރުން ދޭންޖެހޭ ކަމަށާއި ޔާމީން ވެސް ބޭނުންފުޅުވާ ކަމަކީ އެއީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެންމެފަހުން އެމަނިކުފާނު އަޅުގަނޑުމެންނަށް ދެއްވި ލަފާފުޅަކީ މި ވެރިކަން ބަދަލުކުރުމަށްޓަކާ، ރާއްޖެ އަށް އަމާންކަމާއި ހަމަޖެހުން ހޯދުމަށްޓަކާ، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް ހިނގާ ވެރިކަމެއް ގާއިމުކުރުމަށްޓަކާ، ދިވެހި ރައްޔިތުންގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކާ ވާހަކަދައްކަންޖެހޭ ކޮންމެ ބަޔަކާއެކީގައި ވާހަކަ ދައްކައިގެން މިކަންކޮށްދޭށޭ، ކުރަމުންގެންދާށޭ. މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތްތައް ކުރާށޭ،" 

އަބްދުއްރަހީމް އަބްދުالله 

އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމުން ކޮންމެ ބަޔަކާއެކީ ވާހަކަ ދެއްކި ނަމަވެސް ޔާމީންގެ ސިޔާސަތު ފަހަނައަޅާ ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެއްބަސްވުމެއް ހެދިޔަސް ހަދާނީ އެ އުސޫލުތައް ގަބޫލުކުރާ ބަޔާއެކު ކަމަށްވެސް ވިދާޅުވި އެވެ.

"މިފަހަރު މިއީ ޕީޕީއެމްގެ ފަހަރެއް ނޫން. މިއީ ދިވެހި ރައްޔިތުންގެ ފަހަރު. ދިވެހި ގައުމުގެ ފަހަރު. ދިވެހި ގައުމުގެ ފަހަރަށް، ދިވެހި ރައްޔިތުންގެ ފަހަރަށް މިފަހަރު ހަދައިދެވެން އޮތީ ޕީޕީއެމް-ޕީއެންސީ އަށް،" އަދުރޭ ވިދާޅުވިއެެވެ. 

ކޮމެންޓް
މިއަދު
ފުރަތަމަބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްނެރެ ދެވަނަބުރުގައި ކޯލޮސަނެއްހެދުން އަޅުގަނޑުގެ ބޭނުމަކީ
23 Jun 2023
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.