ޓައިޓަން އިމްޕްލޯޝަންގެ ސަބަބުން ނިޔާވި ސުލޭމާން ދާވޫދާއި އޭނާގެ ބައްޕަ ޝާހުޒާދާ ދާވޫދު--
ހަބަރު
23 Jun 2023 | 21:45
ޓައިޓަން އިން ދަތުރުކުރި 19 އަހަރުގެ ސުލޭމާން އެ ދަތުރުކުރަން ބިރުގެންފައި ހުރި ކަމަށް ބުނި!

ޓައިޓޭނިކް ބަލަން ފީނިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ޓައިޓަން" ސަބްމާސިބަލް އިން ދަތުރުކުރަން ބިރުގެންފައި ހުރި ކަމަށް، އެ ހާދިސާގައި ނިޔާވި 19 އަހަރުގެ ސުލޭމާން ބުނި ކަމަށް އޭނާގެ ބޮޑުދައިތަ ހާމަކޮށްފިއެވެ. 

މީގެ 111 އަހަރު ކުރިން ފެތުނު އާރް.އެމް.އެސް ޓައިޓޭނިކް ކައިރިއަށް ފަތުރުވެރިންނާ އެކު ފީނި ޓައިޓަންގެ ނަން ދީފައިވާ ކުޑަ ސަބްމެރިންގައި ދަތުރުކުރި ފަސް މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ އިރު، އެ ސަބްމެރިން ހަލާކުވީ ކަނޑުގެ އަޑީގެ ޕްރެޝަރަށް ކެތް ނުވެގެން ކަމަށް މިހާތަނަށް ހޯދި ހޯދުމުން ވަނީ އެނގިފައެވެ.

އެގޮތުން، އެ އުޅަނދުގެ ކިބާގައި، ޓައިޓެނިކް އޮތް ހިސާބުގެ ކަނޑުއަޑީގެ ޕްރެޝަރ ގާތަށް ވެސް ޕްރެޝަރު ހިފެހެއްޓުމުގެ ކުޅަދާނަކަން ނެތުމުން ސަބްމެރިންގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ގޮސް "އިމްޕްލޯޑް" ވީ ކަމަށް ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ.

އަދި އެ އުޅަނދު "އިމްޕްލޯޑް" ވީތާ ހިނދުކޮޅެއްގެ ތެރޭގައި ދަތުރު ކުރި މީހުންވެސް، މަރުވެގެން ގޮސްފައިވާނެ ކަމަށް މިހާތަނަށް ބެލި ބެލުމުން ލަފާކުރެވިފައި ވާއިރު، އެ "އިމްޕްލޯޝަން"ގެ ސަބަބުން އެ މީހުންގެ ހަށިގަނޑުތައް ވެސް ކުދިކުދި ވާނެ ކަމަށާއި އަދި ނެގޭނެ ހަށިގަނޑުގެ ބައިތަކެއް ނުހުންނާނެ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ ކެޕްޓަން ޑޭވިޑް މާކެޓް ވަނީ ވިދާޅުވެފަ އެވެ.

މިހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޝާހުޒާދާ ދާވޫދާއި އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދު ހިމެނެއެވެ. 

ސުލައިމާން އަކީ ޔުނިވާސިޓީ ތައުލީމް ހާސިލް ކުރަމުންދާ 19 އަހަރުގެ ޒުވާނެކެވެ. 

ޓައިޓޭނިކް ބަލާލުމަށް ޓައިޓަންގައި ސުލައިމާނު ކުރި އެ ދަތުރު، އޭނާގެ ހަޔާތުގެ ފަހު ދަތުރަށް ވެގެން ގޮސްފައިވާއިރު، އޭނާގެ ބޮޑުދައިތަ، އަދި ޝާހުޒާދާ ދާވޫދުގެ ދައްތަ، އަޒުމީ ދާވޫދު ބުނެފައިވާ ގޮތުގައި، އެ ހިތާމަވެރި ދަތުރު ކުރަން ސުލައިމާނު ހުރީ ބިރުންނެވެ. 

އެގޮތުން އަޒުމީ ބުނީ، ސުލައިމާނު އެ ދަތުރު ކުރަން އެހާ ތައްޔާރު ނޫން ކަމަށާ، އަދި އޭނާ ހުރީ ފާޑަކަށް "ބިރުގެންފައި" ކަމަށް ތިމާގެ މީހެއް ގާތުގައި ބުނެފައިވާ ކަމަށެވެ. 

އެހެން ނަމަވެސް، އޭނާ އެ ދަތުރު ކުރީ، އެ ދަތުރު އޮތީ، ބައްޕައިންގެ ދުވަހާއި ދިމާވާ ގޮތަށް އައި ހަފްތާ ބަންދުގައި ކަމަށް ވުމާއެކު، ބައްޕަ އުފާ ކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ސުލައިމާނު ބުނެފައިވާ ކަމަށް އަޒުމީ ހާމަކޮށްފައިވެއެވެ. 

މިހިތާމަވެރި ހާދިސާގައި ސުލައިމާނު އާއި އޭނާގެ ބައްޕަވެސް ނިޔާވެފައި ވާއިރު، އެ ދެމީހުންގެ ޢާއިލާއިން ވަނީ، ދެ މީހުންނަށްޓަކައި އަދި ޢާއިލާއަށްވެސް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައެވެ. 

ސަބްމާސިބަލް އިން ދަތުރު ކުރި މީހުންގެ ހަށިތައް ފެނޭތޯ އެމެރިކާގެ ކޯސްޓްގާޑުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.  

ޓައިޓަން އިމްޕްލޯޝަންގެ ސަބަބުން މަރުވި މީހުން 

މި ހާދިސާގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ބިލިޔަނަރެއް ކަމުގައިވާ ހޭމިޝް ހާޑިންގާއި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޝާހުޒާދާ ދާވޫދާއި އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދާއި، ފަރަންސޭސިވިލާތުގެ ދިރާސާކުރާ މީހެއް ކަމުގައިވާ ޕޯލް-އޮންރީ ނާގޮލޯއެވެ. ސަބްމެރިން ދުއްވަން އިން ޕައިލެޓަކީ އޯޝަންގޭޓް ކުންފުނީގެ ބާނީ އަދި ސީ.އީ.އޯ ސްޓޮކްޓަން ރަޝްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.