ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރގެ މަގާމްގައި ހުންނެވި އިސްމާއިލް ޒަބީހް
ހަބަރު
24 Jun 2023 | 11:51
ކޯލިޝަންގެ އެގްރިމެންޓާއި ޚިލާފަށް ޒަބީހު ވަކިކުރުމުން ކަންބޮޑުވޭ: އެމްއާރްއެމް

ސަރުކާރުން އެމްއާރްއެމްއާއެކު ހަދާފައިވާ ކޯލިޝަނާއި ޚިލާފަށް، އެޕާޓީގެ ސްލޮޓުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރގެ މަގާމްގައި ހުންނެވި އިސްމާއިލް ޒަބީހް ވަކިކުރުމަށް ނިންމާފައިވާތީ އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން މިކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރުން ބަޔާނުގައި ބުނެފައިވަނީ ޒަބީޙު ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

އަދި ޒަބީހު އަކި ތައުލީމީ އަދި ޤާބިލު ބޭފުޅެއްކަން ފާހަގަކޮށް އެމްއާރްއެމް އިން ވަނީ ކުއްލިއަކަށް ޒަބީހު މަގާމުން ވަކިކޮށްފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއާއިއެކު ޒަބީހްް މަޤާމުން ވަކިކުރަންޖެހޭވަރުގެ އަމަލެއް ކޮށްފައިނުވާނެކަން ކަށަވަރުކޮށްދީ އެމްއާރްއެމްއިން ބުނެފައިވަނީ ޒަބީހްއަކީ ހަވާލުކުރެއްވި މަގާމްގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. 

އެގޮތުން ފާއިތުވެިދޔަ 4 އަހަރާއި 4 މަހުގައި ޒަބީހް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް އެމްއާރްްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާހުރެ ދަރިވަރުންނަށް ނުދެއްކި، ބޮޑެތި އަދަދު ތަކުން އަރައިގެން ގޮސްފައިވާ ސްޓޫޑެންޓް ލޯނު ރީޕޭމެންޓް ފައިސާ ވަކި އުސޫލެއްގެ ދަށުން އެކި މަސް މަހަށް ބަހާލައިގެން ދެއްކޭނެ ގޮތްތައް ހަމަޖައްސަވާ ދައުލަތަށް ނުލިބި ހުރި އެތައް މިލިއަން ރުފިޔާ ހޯއްދަވައި ދެއްވި ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން، ތައުލީމީ ގާބިލް ޒުވާނުން ގައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ދިނުމަކީ އެމްއާރްއެމް އިން ނުހަނު އިސްކަމެއްދޭކަމަކަށް ވާއިރު، ޒަބީހު ފަދަ ޚިދުމަތްތެރި ޒުވާނަކު މަގާމުން ވަކިކުރެއްވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މިއާއިއެކު ޕާޓީއާއި މަޝްވަރާނުކޮށް އަދި ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ އެމްއާރްއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ސިޔާސީ މަޤްސަދު ހާސިލުކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި އެމްއާރްއެމް އިން ދެކޭ ކަމަށްް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ