އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Jun 2023 | 15:23
މުއައްސަސާތަކުން އެއްބާރުލުމެއް ނުދޭ، އެކަމަކު މައުލޫމާތު ހޯދުން ހުއްޓައެއް ނުލާނަން: އިދިކޮޅު

 ކޮންމެ ދުވަހަކު އެކިއެކި ވުޒާރާތަކަށާއި މިނިސްޓްރީތަކަށް އަދި މުއައްސަސާތަކަށް އިދިކޮޅުގެ ފަރާތުން ޓީމުތައް ގޮސް، ބޭނުންވާ މައުލޫމާތު އެއްކޮށް، މައުލޫމާތު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތުގައި މުއައްސަސާތަކުން އެއްބާރުލުމެއް ނުދޭ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތައްޔާރުވަމުން ދަނީ ވެރިކަމާ ހަވާލުވާން ކަމަށް ބުނެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މައުލޫމާތު އެއްކުރަން މުއައްސަސާތަކަށް ޒިޔާރަތް ކުރަން ފަށާފައެވެ.

އެގޮތުން ޖުމުލަ 31 ޓީމަކަށް ބަލާހައިގެން 31 ލީޑަރުން ހިމެނޭ ގޮތަށް، ޓީމްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ފަށާފައެވެ.

އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނުވަ މުއައްސަސާއަކަށް ދެވުނު އިރު، ގިނަ ތަންތަނުން މިކަމުގައި އެއްބާރުލުން ނުދޭކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން މިހާތަނަށް ޒިޔާރަތް ކޮށްފައި ވަނީ އާސަންދަ، އެޑިއުކޭޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ހެލްތް މިނިސްޓްރީ، އިމިގްރޭޝަން، އެޗްއާރްސީއެމް، އެންޓި ކޮރަޕްޝަން ކޮމިޝަން، ވެމްކޯ އަދި ފެނަކައަށެވެ.

އިދިކޮޅުން ބުނީ އޭގެ ތެރެއިން ކިރިޔާވެސް އެއްބާރުލުން ދިނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ.

އިދިކޮޅުން ދިޔަ ޓީމާ އިކޮނޮމިކް މިނިސްޓްރީން ބައްދަލު ކުރާނެ މީގެއް ނުވި ކަމަށާއި ހެލްތް މިނިސްޓްރީއަށް ގޮސް މާ ގިނައިން ސުވާލު ކުރުމުން އެތަނުގެ މުވައްޒަފުން ތިބީ ކޯފާވެފައި ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި އެހެން ވުޒާރާތަކުން މައުލޫމާތުދޭން ޖެހިލުންވާކަމަށް އިދިކޮޅުން ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު