އިންޓަރ ރިސޯޓް ވޮލީ މުބާރާތުގައި ޖުމެއިރާ އާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިިން ... ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކުޅިވަރު
24 Jun 2023 | 20:04
އައްޑޫ "ސަދަން ސްޕޯޓްސް" ވޮލީ މުބާރާތް ފަށަނީ

"ސަދަން ސްޕޯޓްސް"ގެ ނަމުގައި ފިރިހެނުންނަށް ހާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަން އައްޑޫ ސިޓީ ސަދަން ސްޕޯޓްސް ކްލަބުން ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ބާއްވަނީ މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައެވެ.

މުބާރާތާ ބެހޭގޮތުން ސަދަން ސްޕޯޓްސް ކްލަބުން ބުނީ، މިއީ އައްޑޫގެ ވޮލީބޯޅަ ކުރިއެރުވުމަށާއި ވޮލީ ކުޅުމަށް ފުރުސަތު ގެއްލިފައިވާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެެވެ.

މިދިޔަ ފިޠުރު އީދުގައި ފެށި މި މުބާރާތް އެފަހަރު ހާއްސަކުރީ އަންހެނުންނަށެވެ. އެ މުބާރާތުގައި ހަތަރު ޓީމުން ވަނީ ވާދަކޮށްފައެވެ. އެއީ އައިލެންޑް ވޮައިސް އޮފް ޔޫތްއާއި ވޯރިއާސްގެ އިތުރުން ޕުޝްޕާ އަދި މީދޫ ވޮލީޓީމެވެ.

ފިރިހެނުންނަށް ހާއްސަކޮށްގެން، އަންނަ އަންގާރަ ދުވަހު ފަށާ ވޮލީ މުބާރާތުގައި ފަސް ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ގަން ޕޮލިސް ކްލަބް، ފޭދޫ ޓީމް، މީދޫ ވޮލީ ޓީމް، ޓީމް ވޯރިއަރސް އަދި ގުޑް ބަޑީސްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސީ ބްރީޒް ކެފޭއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ހެޕީ މާކެޓް، ކޮންޓްރޯލް ޕީ، އެސްޖޭ ކޮންސްޓްރަކްޝަން އަދި ސައުތް ޕާމް ރިސޯޓް މޯލްޑިވްސްއެވެ.

މީޑިޔާ ޕާޓްނަރުންނަކީ "ވޮއިސް" އާއި ހުވަދޫ ނޫހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.