ގާސިމް އިބްރާހިމް، ރައީސް ޔާމީންގެ އަރިހުގައި: ގާސިމްގެ ދައުވަތެއް ޕީޕީއެމަށް ވަނީ ލިބިފައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Jun 2023 | 07:57
ޕީޕީއެމް/ޕީއެންސީގެ ހުރިހާ އެންމެން އަޅުގަނޑަށް ވޯޓު ދިނުން ކީއްތޯ: ގާސިމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމަށް ވޯޓު ދޭން އެދޭކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައިި ވާހަކަ ދައްކަަވަމުންނެވެ.

އިންތިހާބުގައި ކޮންމެ ބަޔަކާއެކުވެސް ކުރިއަށް ދާނެކަމަށް އިދިކޮޅުން ބުނެފައިވާކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ، ޖޭޕީއާ ގުޅެން އިދިކޮޅަށް ދައުވަތު ދިނުމުން އެކަން ގަބޫލު ނުކުރެއްވި ކަމަށެވެ.

ޤާސިމް ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް ވެރިކަމަށް އަންނަނީ ޖޭޕީން ކޮށްދޭ މަސައްކަތުން ކަމަށެވެ. އެހެންކަމުން މިއީ އެ ބޭފުޅުން ޖޭޕީއަށް އެކަމުގެ ބަދަލު ދެއްވަންވީ ފަހަރު ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ޕީއެންސީއާ ޕީޕީއެމްގެ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓު ދީފިއްޔަ ކީއްތޯ ވާނީ؟ ކޮބައިތޯ މައްސަލައެއް. އެމްޑީޕީއަށް ދެފަހަރަށް ވެރިކަން ހޯދައިދިނީމަ އަޅުގަނޑަށް ވޯޓު ދެއްވިއްޔަ ކީއްތޯ ވާނީ މިފަހަރު" ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޤާސިމް ވިދާޅުވީީ އެމަނިކުފާނު ޕީޕީއެމްއަށް ސަޕޯޓް ނުކުރި ފަހަރު އެ ޕާޓީއަށް ވެރިކަން ނުލިބުނު ކަމަށެވެ.

ޤައުމު ތަރައްގީ ކުރެވޭނެ ސްޕީޑު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ސްޕީޑުގައި ގައުމު ކުރިއެރުވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށްކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް އެ ފުރުސަތު ރައްޔިތުން ދެއްވައިފިނަމަ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު