ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
25 Jun 2023 | 08:01
މާލޭ މީހުނަށް ހިލޭ ގޯތި ދީފަ އަނެއްބައެއް އަތުން މިލިއަނުން ކުލި ނެގީމަ އިންސާފު ކޮބައިތޯ؟: ޤާސިމް

މާލޭ މީހުނަށް ހިލޭ ގޯތި ދިނުމަށްފަހު އަނެއްބައެއް އަތުން މިލިއަނުން ކުލި ނެގުމުން އިންސާފު ކޮބައިތޯ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ސުވާލު އުފައްދައިފިއެވެ.

ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގައި ހުރި ފްލެޓްތަކިގެ ކުލި އެއްފަހަރާ މާފުކޮށްދެއްވާނެ ކަމަށެވެ.

"ދެން މިހާރު މި ދައްކަނީ ގޯތީގެ ވާހަކަ. މާލޭ މީހުންނަށް 4000، 5000 ގޯތި ދޭ ވާހަކަ. އެއްބަޔަކަށް ވިއްކަނީ ހެޓުކިޔާފަ. ބޮޑުއަގުގަ 8 މިލިއަން 10 މިލިއަން ރުފިޔާއަށް ވިއްކަނީ. އަނެއް ބަޔަކަށް ދޭންވީ ހިލޭ. ބަލަ ކޮބައި އިންސާފު. ކޮބައި އިހުސާންތެރިކަން" ޤާސިމް ވިދާޅުވިއެވެ.

މި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ކުންފުނިން ހިއްކާފައިވާ ބިމުންވެސް ކުލި ބޮޑުކުރާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އަސާސީ ހައްޤަކަށް ވާއިރު، ބައެއް ފަރާތްތަކަށް އަގުބޮޑުކޮށް ބިންތައް ދޫކުރާއިރު، ސަރުކާރުގެ ވަކި ސިޔާސަތެއްގެ ތެރެއިން ހިލޭ ބިންތައް ބަހަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިހާރު ދޫކޮށްފައިވާ ފްލެޓުތައް ހަދާފައިވާ އަގާއި ނުބައްދަލު ކުލި ނަގަމުންދާކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތް ތަފާތުކުރުންތައް ނައްތާލުމަށް އެމަނިފާނުގެ ވެރިކަމެއްގައި ހުޅުމާލޭގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފްލެޓުތަކުގެ ކުލި އެއްކޮށް މާފުކޮށްދޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.