ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައިވާ ނިހާން ހުސެއިން މަނިކު /ފޮޓޯ: ޖޭޕީ
ހަބަރު
25 Jun 2023 | 08:06
ފަޅު ވިއްކިޔަ ނުދީ ހުއްޓުވަނީ ރައީސް އޮފީހުގެ ވެރިން އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގައިގެން: ނިހާން

ކ. ވާވެއްދިފަޅާ ގުޅިގެން ވިލާ ކުންފުނިން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އޭސީސީ އިން ވިލާ ކުންފުންޏަށް އެންގީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެރިން އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގައިގެން ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަންނުން ޤާސިމްގެ އަމިއްލަ ހަލާލު ވިޔަފާރިއެއްގެ ތެރެއަށް ވަދެ އެކަން ހުއްޓުވުން އެއީ ކުޑަކުޑަ ކަމެއް ނޫން ކަމަށެވެ. 

"މިއޮތް ބޮޑު މާސިންގާ ސިޔާސީ ޕާޓީއާ އަދި ދިވެހިރާއްޖޭގެ އެތައް ސަރަހައްދެއްގަ ތިބި އެތައް ސަތޭކަ ދިވެހި ރައްޔިތުން، އެތައް ހާސް ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ކަންތައްތަކާ ގުޅި ލާމެހިފަ ވާ ފަރާތެއް. ރައްޔިތުންގެ ހައްގުތަކެއް މަނިކުފާނުގެ ހުރިހާ ދިމާލަކުން، މިކަހަލަ ކަންތައްތަކުގެ ތެރެއަށް އެބަ ހުރި ހިމެނިފަ" ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ ހަސްމެއްގެ މެދުގައި އޮންނަ މައްސަލައެއް ނިންމާނީ އެ ގައުމެއްގެ ސްޕްރިން ކޯޓުން ކަމަށެވެ. ރާއްޖޭގެ ސްޕްރިމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާފައި އޮއްވާ، ސިޔާސީ ބޭނުމަށް، ރިޔާސީ އަހަރަށް ވާތީ ވިލާ ކުންފުނިން ވިއްކަން އުޅުނު ފަޅު ހުއްޓުވީ ކަމަށް ނިހާން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވާވެއްދި ފަޅު ވިލާ ކުންފުނީގެ އަތުން އަތުލީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2015 ގައެވެ.  އޭރު އަތުލި ތަންތަނުގެ ތެރޭގައި ވާވެއްދި ފަޅާއި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި ސަރުކާރުން އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ވިލާއާ އެއްކޮޅަށް ފަހުން ނިންމައިފައެވެ.

އެފަދައިން ކަން ހިނގާފައިވަނިކޮށް، ވާވެއްދިފަޅާއި ގުޅިގެން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ދާދިފަހުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިލާ އަށް ވަނީ އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.