ޕީޕީއެމާއި ޑިމޮކްރެޓްސް އެކީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
25 Jun 2023 | 13:59
ޑިމޮކްރެޓްސް އާ އެކީ މަސައްކަތް ކުރިޔަސް ޕީޕީއެމްގެ އަސާސް ތަކަށް ބަދަލެއް ނާންނާނެ: އިދިކޮޅު

ދަ ޑިމޮކްރެޓްސް ޕާޓީއާ އެކީ މަސައްކަތް ކުރި ކަމުގައި ވިޔަސް ޕީޕީއެމްގެ އަސާސް ތަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކީގައި މަސައްކަތް ކުރުމަށް ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ނިންމި ނިންމުމާއި ގުޅިގެން ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޑިމޮކްރެޓްސް ޕީޕީއެމް އެކީގައި މަސައްކަތް ކުރަން ނިންމެވީ، ރައީސް ޞާލިހުގެ 'ނާގާބިލް، ވެރިކަމެއްގެ ސިފަ ނެތް ވެރިކަން ވައްޓާލުމަށް' ކަމަށެވެ. 

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އާއި އެކީގައި މަސައްކަތް ކުރި ނަމަވެސް، ޕީޕީއެމްގެ މައިގަނޑު އަސާސްތަށް "ކޮންޕްރޮމައިޒް" ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މައިގަނޑު އަސާސްތައް ކޮންޕްރޮމައިޒް ނުވާނެ. އެނގިވަޑައިގަންނަވާނެ އެކަކު އަނެކަކާ އޮންނައިރު ވެސް، ދެމީހުން އެއްބަސްވާންޖެހޭ ނޫންތޯ؟ ދެ ފަރާތުން އެއްބަސްވާ ކަންތަކާއެކީގައި މިއުޅެނީ. އަޅުގަނޑުމެން ޔަގީނުންވެސް އަޅުގަނޑު މެންގެ މައިގަނޑު އަސާސްތައް ކޮންޕްރޮމައިޒް ވާނެ އެއްވެސް ކަމަކާ އެކީގައި މަސައްކަތެއް ނުކުރާނަން."

"އަޅުގަނޑުމެންނަށްވެސް މަސައްކަތް ކުރެވޭ ކޮމަން ގްރައުންޑެއް މި ހޯދަނީ. ދެން މިއީ ސިލްސިލާ ބައްދަލުވުން ތަކެއް. މިއަދު ހަމައެކަނި މި ބެލި ކަމަކީ އަޅުގަނޑުމެންގެ މައިގަނޑު. އަޅުގަނޑު މެންގެ މައިގަނޑަކީ މިހާރު މިއޮތް ވެރިމީހާ. މި ވެރިމީހާ ބާލަން އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތް ތަކަކީ ކޮބާތޯ؟ ދެން އަޅުގަނޑުމެން ތަރުތީބު ކުރާނީ. އަޅުގަނޑުމެން މި ގަސްތު ކުރަނީ ހަފްތާ އަކު ތިން ބައްދަލުވުން ކުރިއަށް ގެންގޮސްގެން ވާހަކަ ދައްކަން." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު ބާއްވަން ވަގުތު ވަރަށް ކުޑަތަން ވެފައިވާ ކަމަށެވެ. އެހެންކަމުން، ކަންކަން ވަރަށް އަވަހަށް ތަރުތީބު ކޮށްގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.