ޕީޕީއެމާއި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
25 Jun 2023 | 14:56
ރައީސް ޞާލިހުގެ ވެރިކަން ނިންމަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކީގައި މަސައްކަތް ކުރުމަށް ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ނިންމި ނިންމުމާއި ގުޅިގެން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނެތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ޕީޕީއެމާއި އެ ޕާޓީއާއި ދެމެދުވެސް ގަބޫލުކުރެވޭ އެއްގޮތް ކަންކަން ހުރި ކަމަށެވެ. އަދި ހަމައެހެންމެ، ދެ ޕާޓީ ދެމެދުގައި ފުށުއަރާ ކަންކަންވެސް ހުރި ކަމަށެވެ. އެހެންކަމުން ދެ ޕާޓީން މަސައްކަތް ކުރަމުންދަނީ ފުށުއަރާ ކަންކަމާއި މެދު އެއްބަސްވެގެން އެކުގައި މަސައްކަތް ކުރައްވަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި، ދެ ޕާޓީ އެއްވެގެން ވަކި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ސީދާ ޖަވާބު ނުދެއްވި ނަމަވެސް އެކަމުގެ އިޝާރާތެއް ދެއްވަމުން އާޒިމް ވަނީ، ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށް ކުރަންޖެހުނު ކަންކަން ކުރައްވާނެ ކަމަށެވެ. 

އަޅުގަނޑުމެން އިބްރާހީމް މުހައްމަދު ޞާލިހު، މި ސަރުކާރު ބަލިކުރަން، ނިންމަން ގެންނަންޖެހޭނެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. 

އަލީ އާޒިމް

އާޒިމްގެ ވާހަކައާއި ގުޅުވައި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރި ވެފައިވާއިރު, އެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވުމަށް ވެސް ހުރަސްތަކެއް އޮތް ކަމަށެވެ. އަދި އެކަންކަން ނިމެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަމުގައި ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް