ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Jun 2023 | 22:30
ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް ނުދެކެން: މަހުލޫފް

ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް ނުދެކޭ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފްޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް ބީގެ މެޗުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިވުނާ ގުޅިގެންނެވެ.

މިއީ 1985 ވަނަ އަހަރު ސާފު ގޭމްސްގައި 8-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ އަތުން މޮޅުވިފަހުން ފާއިތުވެދިޔަ 37 އަހަރުތެރޭގައި ދިވެހިރާއްޖެ އަތުން ބަންގްލަދޭޝަށް ހޯދުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ފުޓުބޯޅައަށް ފާޑު ކިޔަމުންދާ ދަނޑިޅެއްގައި މަހުލޫފް ވިދާޅުވީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވުމަކީ ދެރަކަމެއް ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ.

ފުޓުބޯޅަ ވަސީލަތްތައް ގާއިމު ކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތްވެސް މިސަރުކާރުން ކޮށްފައި ވާނެކަން ފާހަގަ ކިރައްވައި މަހުލޫފް ވިދާޅުވީ ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިއްޖެ ކަމަށާއި ޖުމްލަ 120 ދަނޑުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

"މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އިރާދަކުރެއްވިއްޔާ އަދި ފެންނާނެ" މަހުލޫފް ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން ހަމައެކަނި ކުރިއަރުވާ ތަރައްގީކުރަން މަސައްކަތްކުރަނީ ފުޓުބޯޅަ އެކަނި ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެގޮޮތުން ކުޅިވަރުގެތަކުގެ މެދުގައި ހުރި ތަފާތުކުރުންތައް ނައްތާލެވިއްޖެ ކަމަށާއި ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައް ހުޅުވާލަދީފައި ވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭގެ ނަތީޖާ އެކުޅިވަރުތަކުން ދައްކަމުންދާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އެގޮތުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދައި، ހާއްސައެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރުކުޅެ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުންފަދަ ގިނަ ފުރުސަތުތައް ހުޅުވައި ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކުދިން ރާއްޖެއަށް ރަން މެޑަލް އާއި ބްރޯންޒް މެޑަލް ހޯދައިދިންކަން މަހުލޫފް ފާހަގަ ކުރެއްވިއެވެ.

"ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް މިއަދު ނުދެކެން. ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނަން. އެކަމާ ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެބުމާއި ލިބޭ އުފާ މާބޮޑު. ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން، ރަންމެޑަލްތައް ލިބުނީ މުޅި ދުނިޔެއާއި ވާދަކޮށްގެން." މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މާޔޫސްކަން ދޫކޮށްލައި ހަމައެފޯރީގައި ނުކުމެ، ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:45 އަށް ރަސްމީ ފާލަމަށް ދިއުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.