ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ/ ވޮއިސް
ހަބަރު
25 Jun 2023 | 22:46
އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ %57 ތާއީދެއް ނެތް: ހަސަން ލަފީތް

އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ %57 ތާއީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިހާބަށް ތައްޔާރީތައް ވަމުން ދާއިރު، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ ކޯލިޝަން، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، އެމްއާރްއެމް، އަދި ދަ ޑިމޮކްރެޓްސް، އަޅުގަނޑުމެން މި ހުރިހާ ޕާޓީތަކެއްގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބާ ގުޅޭގޮތުން ކުރައްވަމުން ގެންދާ ކަންކަމުގަ" ހަސަން ލަފީފް ވިދާޅުވިއެވެ.

ސީދާ އިލެކްޝަންސް ކޮމިޝަނުން ނޫނަސް، އިންތިހާބާ ގުޅޭގޮތުން ދައުލަތުގެ އެކިއެކި އެހެން އިދާރާތަކަށްވެސް ސަރުކާރުގެ ނުފޫޒު ވަދެގެން ހިންގޭ ބައެއް ކަންކަމުގެ ސަބަބުން ވަރަށް ކަންބޮޑުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބެއް މިނިވަން ކަމާއެކު ދެފުއް ފެންނަ ކަމަށް ވާނީ ހަމައެކަނި ވޯޓުލާ ވަގުތު އެކަނި ހިނގާ ކަމެއްގެ ސަބަބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް އެއީ، 2022 ވަނަ އަހަރު ނިމެން ދަނިކޮށް ހަދާފަ އޮތް ސަރވޭއެއްގަ އެބަ ދައްކާ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގަ ރައްޔިތުންގެ 57 ޕަސެންޓް މީހުންގެ ތާއީދު ނެތްކަން." ހަސަން ލަތީފް ވިދާޅުވިއެވެ.

އޭގެ ކުރިން 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނާމެދު އޮންނަ ތާއީދު މިނެފައި އޮތްއިރު، 74 އިންސައްތަ މީހުންގެ ތާއީދު އޭރު އޮތްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ރައްޔިތުންގެ ތާއީދު ކުޑަވީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.