ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ ވޮއިސް
ހަބަރު
26 Jun 2023 | 10:24
އެމްޑީޕީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް: ރައީސް ޞާލިހު

މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު ސަރުކާރު ހިންގާ. މައި ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް ޕާޓީގެ، އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް 18 އަހަރު ފުރުމުގެ ތަހުނިޔާ އެ ޕާޓީގެ މެންބަރުންނަށް އަރިސްކުރައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. 

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަަމަ ސިޔާސީ ޕާޓީ، އެމްޑީޕީއަށް މިއަދު 18 އަހަރު ފުރުން ފާހަގަ ކުރާއިރު, އެ ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ގިނަ މެންބަރުން ތަކެއް ޕާޓީން މިހާރު ވަނީ ވަކިވެފައެވެ. އެގޮތުން، އެންމެ ފަހުން ވަކިވެވަޑައިގެންނެވި އެއް ބޭފުޅަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. 

އެ އެންމެ ބޭފުޅުންވެސް ޕާޓީއާއި ވަކިވެވަޑައިގެންފައި ވަނީ، ޕާޓީ މިހާރު ހިންގަނީ، އެ ޕާޓީ އުފެދުމުގެ އަސާސްތަކާއި އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ އެވެ. އަދި، ޑިމޮކްރެޓިކް ހަމަތަކާއި އެކު ހިންގާ ޕާޓީއެއް އުފެއްދުމަށް ކަމަށް ބުނެ، އެ މެންބަރުން ވަނީ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. 

އެކަމަށް އިޝާރާތް ކުރައްވައި، އެމްޑީޕީީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ، އެ ޕާޓީގެ އެތެރޭގައި އުފެދުނު ގޮންޖެހުންތަކުން އުފެދުނު ތަކުލީފު ތަކަކަކީ، ސިޔާސީ ޕާޓީއަކުން ތަހައްމަލް ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށެވެ. އެހެންނަމަވެސް، ކެތްތެރިކަމާއިއެކު ކުރި މަސައްކަތުން، އެކަމުންވެސް އަރައި ގަނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަޖުރިބާ އަކީ ކުރިއަށް އޮތްތަނުގައި ކާމިޔާބީ އަށް ހުޅުވުނު އައު ދޮރެއް ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.