ދި ޑިމޮކްރެޓްސްއާއި ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
26 Jun 2023 | 13:56
ދި ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅިގެން ކަންމަތީ ބޮޑު ބައްދަލުވުމެއް ބާއްވަނީ

މި ވެރިކަން ބަދަލުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ދި ޑިމޮކްރެޓްސް ބާއްވާ ދެވަނަ މަޝްވަރާ ބައްދަލުވުން ނިންމާލައިފި އެވެ. 

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ބައެއް ކަންކަމާއި ގުޅިގެން ދެ ޕާޓީން މަޝްވަރާކުރެވިފައިވާނެ ކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، އެކުގައި ކުރިއަށް ގެންދެވިދާނެ ބައެއް ހަރަކާތްތައް ދެ ޕާޓީގެ ފުރަތަމަ ދެ ބައްދަލުވުމަށް ފަހުވެސް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. 

އެގޮތުން ޖުލައި މަހުގެ ތިން ވަނަ ދުވަހުގެރޭ ދެ ޕާޓީ އެކުވެގެން ކަންމަތީ ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާނެކަމަށް އާޒިމް ވިދާޅުވި އެވެ. 

"މިއަދު މި އެއްބަސްވީ އެއްކަމަކީ ތިނެއްގަ، ބޮޑު ޖަލްސާއެއް ވެސް ނޫން، އެހެން ނަމަވެސް އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން އެކުގައި ޖަލްސާއެއް ބޭއްވުމަށް" 

މެމްބަރު އަލީ އާޒިމް 

ސަރުކާރު ޖަވާބުދާރީކޮށް، މި ސަރުކާރު ބަދަލުކުރުމަށްޓަކައި ގުޅިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދެ ޕާޓީން ވެސް ވަނީ ދީފައެވެ. 

ދެ ޕާޓީގެ އަސާސްތަކުގައި ޚިޔާލު ތަފާތާ ކަންތައްތަކެއް ހުރި ނަމަވެސް، އެކަންކަމަށް ދޫ ދީގެން، މަސައްކަތް ކުރާނެ ކަމަށާއި، މައިގަނޑު މަޤްސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން މި ސަރުކާރު ބަލިކުރުންކަމަށް ދެ ޕާޓީން ވެސް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.