ޕީޕީއެމާއި ޑިމޮކްރެޓްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
26 Jun 2023 | 14:12
ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރުމަށް ރައީސް ޔާމީން ވަރަށް ރަނގަޅަށް އެބަ އިރުޝާދު ދެއްވާ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވަރަށް ރަނގަޅަށް އިރުޝާދު ދެއްވާ ކަމަށް، އެ ކޯލިޝަނުން ބުނެފިއެވެ. 

އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ, ޕީޕީއެމުން ދަ ޑިމޮކްރެޓްސް އާއި އެކީގައި މަސައްކަތް ކުރުމަށް ނިންމައި، މަޝްވަރާތައް ކުރަން މިހާރު ވަނީ ފަށާފައެވެ.

އެގޮތުން މިއަދުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ޑިމޮކްރެޓްސް އާއި އެކު ޕީޕީއެމް/ޕީއެންސީ މަސައްކަތް ކުރުމުގައި ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވުންތައް ހުރިތޯ ސުވާލު ކޮށްފައެވެ. ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް ވިދާޅުވީ، ކޮންމެ ބަޔަކާއި އެކީގައި މަސައްކަތް ކުރެއްވި ނަމަވެސް ޚިޔާލު ތަފާތުވުންތަކާއި ޚިޔާލު އެއްގޮތް ކަންކަން ހުންނާނެ ކަަމަށެވެ. 

"އެގޮތުން މިއުޅެނީ ޚިޔާލު އެއްގޮތް ވެގެން. މި ސަރުކާރު ކަމު ނުދާ ކަމަށް ޚިޔާލު އެއްގޮތްވޭ. މި ސަރުކާރު ނިންމަންޖެހޭ ކަމަށް ޚިޔާލު އެއްގޮތްވޭ."

ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް 

މިއާއެކު ޝިޔާމް ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ތެރޭގައި ހުންނަވައިގެންވެސް އެ ސަރުކާރު ޒިންމާދާރު ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ވެފައި ނުވާ ކަމަށާ، ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅެން ޖެހުނީވެސް އެފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އެކަން ކަމުގައި އެނޫން ކަންކަމުގައިވެސް ޑިމޮކްރެޓްސް އާއި ޕީޕީއެމް އާއި ދެމެދުގައި، ޚިޔާލު އެއްގޮތްވާ ކަންތައްތަކުގައި ޚިޔާލު ތަފާތު ބޭފުޅެއް ނޫޅޭ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ، ޕީޕީއެމުން ކުރާ ހުރިހާ ކަމެއްވެސް ކުރަމުންދަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާ، އަދި ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރެއްވުމަށްވެސް ނިންމެވީ އެމަނިކުފާނުގެ އިރުޝާދާއެކު ކަމަށެވެ. 

"ދެން އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ހުންނެވީ ޖަލުގައި. ޖަލުގައި ހުންނަވައިގެންވެސް ވަރަށް ރަނގަޅަށް މި ކަމުގައި އިންސްޓްރަކްޝަން އެބަ ދެއްވާ. ވަރަށް ރަނގަޅަށް. ހަމަ ޑިމޮކްރެޓްސް އާއި އެކީގައި މިކަންތައްތައް ކުރިއަށް ގެންދެވުމުގައި. އެނގިވަޑައިގަންނަވާނެ، ރައީސް ޔާމިންގެ އިންސްޓްރަކްޝަން އާއި އެކީގައި ނޫނީ ޕީޕީއެމް/ޕީއެންސީ ހަމަ ފިޔަވަޅެއްވެސް ނާޅާނެ." 

ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް 

މީގެ އިތުރުން، ޕީޕީއެމާއި ޑިމޮކްރެޓްސް އެކީގައި މަސައްކަތް ކުރާތީ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ، މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ވަރަށް ބޮޑަށް އެމްޑީޕީ ދެކޮޅުކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް، 2018 ގެ އިންތިހާބުގައި އެމަނިކުފާނާއި އެކުގައިވެސް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ގައުމު ޚުދުމުހުތާރު ވެރިކަމަކާއި ދިމާއަށް ދާ ނަމަ، އެކުގައި މަސައްކަތް ކުރެވޭ ހިސާބަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.