ރައީސް ޔާމިނާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން/ ފޮޓޯ: ދި ޕްރެސް
ހަބަރު
26 Jun 2023 | 15:25
ރައީސް ޔާމިނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ކުރެވެން އޮތްހާ ކަމެއް ކުރާނަން: ދަ ޑިމޮކްރެޓްސް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމަށް "ދި ޑިމޮކްރެޓްސް" އިން ބުނެފި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން މި ސަރުކާރު ބަދަލުކުރުމަށް ދި ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން މިވަގުތު ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ. 

ދި ޑިމޮކްރެޓްސްއާއި ޕީޕީއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެ ޕާޓީން ޔަގީންކަމާއެކު ބުނަމުން އަންނައިރު، މިހާރު އެމަނިކުފާނު ޖަލުހައި އެ ހުންނަވަނީ ނުހައްގުންކަމަށް ދި ޑިމޮކްރެޓްސްއިން ޤަބޫލުކުރަން ތޯ އަހާފަ އެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރާ މަސައްކަތްތަކުގައި ބައިވެރިވާނެތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ދި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތުކުރެވޭ އެތައް ބައެއްގެ ތެރެއިން ހަމައެކަނި ރައީސް ޔާމިނުގެ މައްޗަށް ދައުވާ ކުރުމަކީ އިންސާފު ހޯދުމަށް ކުރާ ކަމެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. 

ރައީސް ޔާމިނުގެ މައްޗަށް އެކަނި ދައުވާ ކުރުމަކީ "ސެލެކްޓިވް ޕްރޮސެކިއުޝަން" ކަމަށާއި، އެއީ ދި ޑިމޮކްރެޓްސް އިން ވަރަށް ބޮޑަށް ކަންބޮޑުވާަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ޔާމިނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އެ ޕާޓީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

"އިންސާފުވެރި ޝަރީއަތެއް މިހާރުވެސް ޔާމިނަށް ހޯދައިދޭން އެބަ ޖެހޭ.. އިންސާފުވެރި ޝަރީއަތެއް އިރާދަކުރެއްވިއްޔާ ޔާމިނަށް ހޯދައިދޭން ހުރި މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން"

މެމްބަރު އަލީ އާޒިމް 

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމަށާއި، އެމަނިކުފާނާއި ނުލާ މި އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވޭނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އެމަނިކުފާނުގެ މައްޗަށް ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އޮތްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

ސަރުކާރު ބަލިކުރުމަށް ޕީޕީއެމްއާއި ދި ޑިމޮކްރެޓްސް މަސައްކަތް ފަށާފައިވާއިރު، ރައީސް ޔާމިނުގެ ކެމްޕޭނު ޓީމުން ވެސް ގެންދަނީ އެމަނިކުފާނުގެ ކެމްޕޭނު ފެށުމުގެ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން އީދު ބަންދަށް ފަހު ރަސްމީކޮށް ކެމްޕޭނު ފަށާ، ރައީސް ޔާމިނުގެ 2023 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރައްވާނެކަމަށް ކެމްޕޭނު މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.