ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އަވަސް
ހަބަރު
26 Jun 2023 | 15:36
ރައީސް ޔާމިނުގެ މެސެޖެއް: މީ ހުއްބުލް ވަތަން އިސްކޮށް ޕީޕީއެމަށް ވޯޓުދޭ ފަހަރުކަމުގައި ހައްދަވާ!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު، ސިޔާސީ ޅިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ޤައުމީ ވިސްނުން އިސްކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ޔާމިނުގެ އެ އިލްތިމާސް ރައްޔިތުންނާއި ހަމަޔަށް ހިއްސާކުރައްވާފައި ވަނީ ރައީސް ޔާމިނުގެ ކެމްޕޭނު މެނޭޖަރު ކެޕްޓަން މުހައްމަދު އަމީނު އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ކެޕްޓަން އަމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިންތިޚާބު ކާމިޔާބުކުރައްވާ ގައުމަށް ލިބުނު ގެއްލުން އަނބުރާ އިޔާދަކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވާކަމަށެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ދެކުނުން ވިއްކާލި މަސްކަނޑު އަނބުރާ ހޯއްދުވުމާއި، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސެވުމަށް މަސައްކަތް ކުރެއްވުމާއި، ރާއްޖޭގައި ތިބި އިންޑިއާ ޖާސޫސުންނާއި ސިފައިން ބޭލުމަށްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

އެއާއެކު އެމަނިކުފާނު ވަނީ މި ރިޔާސީ އިންތިޚާބުގައި ދީނާއި ގައުމު އިސްކޮށް ވޯޓުދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ޔާމިނުގެ އެ ޚާއްސަ މެސެޖާއެކު ކެޕްޓަން އަމީނު ވަނީ ރައީސް ޔާމިނުގެ ކެމްޕޭނުގެ މަސައްކަތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ވެސް ހިއްސާކުރައްވާފަ އެވެ.

އެގޮތުން މި އީދު ބަންދަށް ފަހު ޕީޕީއެމްގެ ރިޔާސީ މެނެފެސްޓޯ ރަސްމީކޮށް އިއުލާނުކޮށް، ރައީސް ޔާމިނުގެ ކެމްޕޭނު މުޅި ރާއްޖޭގައި ފައްޓަވާނެކަމަށް ކެމްޕޭނު މެނޭޖަރު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކާއި އިދާރީ މަސައްކަތްތައް ނިމިފައިވާކަމަށް ކެމްޕޭނު މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.