ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު--
ހަބަރު
27 Jun 2023 | 06:36
އަދީބާއި ޒިޔަތަށްވެސް ގޯތި ލިބިވަޑައިގެންނެވި!

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު، އެ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުالله ޒިޔަތުވެސް ހިމެނިވަޑައިގެންފިއެވެ.

އަދީބާއި ޒިޔަތަކީ މި ދައުލަތުން އެއްބަސްވުން ހަދައިގެން، ކުރީގެ ރައީސް އަބްދުالله ޔާމީނުގެ މައްސަލައިގައި ހެކިންގެ ގޮތުގައި ތިބި ދެމީހުންނެވެ. އަދި މިއީ އެމްއެމްޕީއާރްސީގެ ހިޔާނާތް ސާބިތުބެފައިވާ ދެމީހުންނެވެ.

ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 19،857 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން އަސްލަމް ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައަޅައިފައިވަނީ 15،164 ފޯމު ކަމަށެވެ. އެއީ މުޅި އެކު 23،088 މީހަކު ބައިވެރިވާ ފޯމުތަކެއް ކަމަށެވެ.އޭގެ ތެރެއިން 12،794 ފޯމެއްގެ ޝަރުތު ހަމަވާ ކަމަށާއި އެއީ 19،857 މީހަކު ބައިވެރިވާ ފޯމެއް ކަމަށްވެސް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

"އެ ލިސްޓް މިއަދު ގެޒެޓްކުރާނެ. އޭގައި ވާނެ އެޕްލިކޭޝަން ލީ މީހުންނާއި ލައިފައި ވަނީ ކިތައް އެޕްލިކޭޝަން ވެސް ރައީސް ވެސް އިއުލާން ކުރައްވާފައި ވަނީ 5000 ގޯތި، މި ވަގުތަށް އެ 5000 އެޕްލިކަންޓަކީ ކޮބައިކަން ވެސް އެނގެން އޮންނާނެ، އަދި ޑިސްކޮލިފައިވީ ކޮން ބައެއް ކަން ވެސް ޕޯޓަލް އިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓް މިހާރު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެ ލިސްޓު އަންނަނިވި ލިންކުން ބަލައިލެވޭނެއެވެ.

ލިސްޓު

އަސްލަމް ވިދާޅުވެފައިވަނީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގެޒެޓް ކޮށްފައި އެވަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

15،000 އެއްހާ ފޯމު ހުށައަޅައިފައިވާއިރު ޝަރުތު ހަމަނުވާ 2،370 ފޯމެއް ވާކަމަށް ޕްލޭނިންގ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް
މަރްޔަމް
ޙަބަރަކަށް ގެންނަން މީގަމައްސަލަ އަކީ ކޮބާތޯ؟. އެމީހުންގެ އާއިލީ ކިދިންނާ ގުޅިގެން އެއްގޯއްޗަކަށް ނޫންތޯ ލާފައެޔޮތީ؟ ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ކީއްވެތޯ؟
27 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.